Advertisement

ގައުމީ ވޮލީ ލީގު: ވެމްކޯ އާއި ޕޮލިހަށް ދެ ވަނަ މޮޅު

11 އޮކްޓޯބަރު 2024 - 10:10 0

ދާދި ފަހުން ނިމުނު ކާވާ ވިމެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕްގެ ތެރެއިން.--- ފޮޓޯ: އަދަދު


ގައުމީ ވޮލީ ލީގު: ވެމްކޯ އާއި ޕޮލިހަށް ދެ ވަނަ މޮޅު

11 އޮކްޓޯބަރު 2024 - 10:10 0

ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަނުގައި ޕޮލިސް ކްލަބް އަދި ކްލަބް ވެމްކޯ އިން ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފި އެވެ.

ދެ ވަނަ މެޗުގައި ޕޮލިސް ކްލަބުން ނުކުތީ އަސްދިގަ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗު ޕޮލިހުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ދިޔައީ, 25-10, 25-06 އަދި 25-22 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ޕޮލިސް ކްލަބްގެ ބިދޭސީ ކުޅުންތެރިޔާ, ޓަންޔަފްރޯން ސީސޯ އެވެ.

ދެވަނަ މެޗުގައި ވެމްކޯ އިން ނުކުތީ ގުޑީސް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗު ވެމްކޯ އިން ވެސް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ދިޔައީ, 25-08, 25-06 އަދި 25-09 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރް އެވެ.

މީގެ އިތުރުން އިއްޔެ ވަނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުންވެސް ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކްލަބް ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ.

މި މެޗުގެ ސެޓުތައް ދިޔައީ 25-08, 25-20 އަދި 25-16 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ, ޔޫތު ނިއު ޖެނެރޭޝަނުގެ ބިދޭސީ ކުޅުންތެރިޔާ ވިފަންދާ އެވެ.

މި ފަހަރުގެ ގައުމީ ވޮލީބޯލް ލީގުގައި ހަ ކްލަބަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ ވެމްކޯގެ އިތުރުން، ޕޮލިސް ކްލަބް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން, ގުޑީސް ސްޕޯޓްސް ކްލަބް އަދި ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބް އެވެ.

ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ފަހު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހު 14 ގަ އެވެ. އެ މެޗުގައި ބައްދަލުކުރާނީ ވެމްކޯ އާއި ޕޮލިސް އެވެ.

މި އަހަރު ކުރީކޮޅު ބޭއްވި ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ޕޮލިސް ކްލަބް ބަލިކޮށް ހޯދީ ވެމްކޯ އިންނެވެ.