Advertisement

މާލެ ކައުންސިލުގައި ތިބި އެޗްއޯޑީން ވަނީ މޭޔަރު އާޒިމަށް އޮޅުވާލާފައި: ނަރީޝް

9 އޮކްޓޯބަރު 2024 - 18:47 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް: މާލެ ކައުންސިލުގައި ތިބި އެޗްއޯޑީން މޭޔަރު އާޒިމަށް ވަނީ އޮޅުވާލާފައި ކަމަށް ވިދާޅުވި


މާލެ ކައުންސިލުގައި ތިބި އެޗްއޯޑީން ވަނީ މޭޔަރު އާޒިމަށް އޮޅުވާލާފައި: ނަރީޝް

9 އޮކްޓޯބަރު 2024 - 18:47 0

މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމްއަށް އެ ކައުންސިލުގެ ޑިޕާޓްމަންޓްތަކުގެ އެޗްއޯޑީންތައް އޮޅުވާލާފައިވާ ކަމަށް އެ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިއަދު ވިދާޅުވެއްޖެ އެވެ.

ކައުންސިލް ރަސްމީ އާއްމު ޖަލްސާގައި ނަރީޝް ވިދާޅުވީ އާޒިމް މޭޔަރުކަމާ ހަވާލުވެވަޑައިގަތުމާއެކު ކައުންސިލުގެ އެޗްއޯޑީން މަސައްކަތް ކުރަމުންދިޔައީ ޒިންމާދާރުކަން ކުޑަކޮށް ކަމަށާއި ހުރިހާ ކަމެއް އޮޅުވާލި ކަމަށެވެ.

"މިއަދު އާ މޭޔަރު މިތަނަށް ވަޑައިގަތީމަ، އާ މޭޔަރު ބޮލުގައި ތާކިހަލެއް އަޅުވައި ބަހައްޓާފައި ވާނުވާއަށް ދުއްވާލަން މަސައްކަތް އެ މީހުން ކުރުމަކީ އޭގެ ޒިންމާ އެމީހުން ނަގަން ޖެހޭ ކަމެއް. އެ ޒިންމާ ކައުންސިލަރުން ނަގަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ނަރީޝް ވިދާޅުވި އެވެ.

ކައުންސިލުގެ މަސައްކަތްތައް މޭޔަރު އާޒިމްއަށް ހޭންޑްއޯވާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ކުރި މަސައްކަތްތައް އެނގޭ އެއްވެސް އެޗްއޯޑީއެއް ނެތްކަން ނަރީޝް ފާހަގަކުރެއްވި އެވެ.

ނަރީޝް ވިދާޅުވީ ކައުންސިލުގައި ހިނގާ ހުރިހާ މަސައްކަތްތަކެއް ތަންފީޒުކޮށް ސޮއިކުރަނީ އެޗްއޯޑީން ކަމަށާއި ކައުންސިލް ބައްޓަންވެފައި އޮތް ގޮތުން ކައުންސިލަރުން ސޮއިކުރާ އެއްވެސް ލިޔެ ކިޔުމެއް ނުހުންނަ ކަމަށެވެ.

އެގޮތުން ކައުންސިލުގައި ހިނގާ ހުރިހާ ކަމެއްގައި ޒިންމާވާން ޖެހޭނީ އެޗްއޯޑީން ކަމަށާއި މައުލޫމާތުތައް މޭޔަރަށް ފޯރުކޮށްދޭން ޖެހޭނީ ވެސް އެ އެޗްއޯޑީންގެ ޒިންމާއެއް ކަމަށް ނަރީޝް ވިދާޅުވި އެވެ.

މޭޔަރު އާޒިމް ކައުންސިލް ބައްދަލުވުމުގައި ވިދާޅުވީ ކައުންސިލް ތެރޭގައި ކަންތައްތައް އޮތް ގޮތް ދަސް ކުރަން ނަރީޝްގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށާއި މަސައްކަތްތައް ކުރިއަށް ގެންދަން ދިމާވި އެކި ގޮންޖެހުންތަކާއެކު ދަތިތައް ދިމާވި ކަމަށެވެ.

އޭގެ އިތުރުން އާޒިމް ވިދާޅުވީ އޭނާގެ ދައުރު ނިންމާލާނީ ކައުންސިލުގައި ހުރި ހުރިހާ ކަމެއް ރަނގަޅުކޮށް ކުރިއަށް ވުރެ އެތައް ގުނައެއް ރަނގަޅު ކައުންސިލެއް ގޮތުގައި އެތަން ބޭއްވުމަށް ފަހު ކަމަށެވެ.