8 އޮކްޓޯބަރު 2024 - 12:22 0
ލީވާން އަލީ ނާސިރު
އަލްމަރާއި އެއް ލީޓަރުގެ ފުޅި ވިލާ މާޓުން ލިބެން ހުންނާނެ: އެއީ 100 ޕަސަންޓް ތާޒާކޮށް ތައްޔާރު ކޮށްފައިވާ ކިރެއް -- ފޮޓޯ: ވިލާ މާޓް
8 އޮކްޓޯބަރު 2024 - 12:22 0
އަލްމަރާއި ފުލް ފެޓް 100 ޕަސަންޓް ފްރެޝް މިލްކްގެ އެއް ލީޓަރު ފުޅި ވިލާ މާޓުން ބާޒާރަށް ނެރެފި އެވެ. އެ ފުޅި ފަރުމާ ކޮށްފައި ވަނީ ގިނަ ދުވަހު ތާޒާ ކަންމަތީ ކިރު ބެހެއްޓޭނެ ގޮތަށެވެ.
އެ ކިރަކީ ރަނގަޅު ކޮލެޓީއެއްގައި އަދި ގިނަ ނިއުޓްރިޝަން އެކުލެވިގެންވާ ކިރަކަށްވާއިރު، އޭގައި ޕްރޮޓީން އަދި ކެލްސިއަމް ވެސް ހިމެނެ އެވެ.
މިލްކް ޕައުޑާ ބޭނުން ނުކޮށް އެ ކިރުން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް އެހީތެރިވެދެ އެވެ. އަލްމަރާއީގެ ހުރިހާ ބުއިންތަކަކީ ސާފުތާހިރު ކަމަށް އިސްކަންދީގެން ހަށިގަނޑަށް ފައިދާވާ ގޮތަށް ތައްޔާރު ކޮށްފައިވާ ބުއިންތަކެވެ.
ވިލާ މާޓުން އެއް ލީޓަރުގެ ފުޅި އާއި އެއް ލީޓަރުގެ ޕެކެޓް ވެސް ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
މަލްޓި ނޭޝަނަލް ކުންފުންޏެއް ގޮތުގައި ޑެއިރީ އުފެއްދުންތަކުގެ މާކެޓުގެ އެއް ލީޑަރު އަލްމާރީއަށް ލިބުނު ކުރިއެރުމުގެ ފަހަތުގައި ވަނީ އުފެއްދުންތައް ތައްޔާރު ކުރުމުގެ މުޅި ޕްރޮސެސް އެވެ.
މީގެ 47 އަހަރު ކުރިން، 1977 ގައި އުފެއްދި އެ ކުންފުނީގެ އުފެއްދުންތައް ތައްޔާރު ކުރަން ބޭނުންވާ ގުދުރަތީ ވަސީލަތްތައް ތައްޔާރު ކުރަނީ ވެސް ކުންފުނިން އަމިއްލައަށެވެ. ބޭނުމަކީ ފެންވަރު ހިފެހެއްޓުމެވެ.
އަލްމަރާއި ކިރު ޕެކެޓް ވިލާ މާޓުން: އެއީ 100 ޕަސަންޓް ތާޒާކޮށް ތައްޔާރު ކޮށްފައިވާ ކިރެއް -- ފޮޓޯ: ވިލާ މާޓް
އަލްމަރާއީ ކުންފުނިން ބުނާ ގޮތުގައި ކުންފުނީގެ އުފެއްދުންތަކުގެ ފެންވަރު ފެށޭ ހިސާބަކީ ކުންފުނިން އަމިއްލައަށް ބަލަހައްޓާ ގެރިތައް ގެންގުޅޭ ކޮށިތަކުން ނުވަތަ ފާމްތަކުންނެވެ. ހައި ޓެކްނޮލިޖީއާއެކު ޖުމުލަ ހަތް ފާމެއް ހުރެ އެވެ. އަމިއްލަ ބެލެހެއްޓުމުގެ ދަށުގައި ޕްރޮޑަކްޓްގެ ފުރަތަމަ ސްޓޭޖް ވެސް އޮތުމުގެ ބޭނުމަކީ އެ ހިސާބުން ފެށިގެން ފެންވަރު ކަށަވަރު ކުރުމެވެ.
އެ ފާމްތަކުން ދުވާލެއްގެ މައްޗަށް 3.5 މިލިއަން ލީޓަރުގެ ކިރު އުފައްދަ އެވެ. އެއީ ކޮންމެ ގެރިއަކުން ދުވާލަކު އެވެރެޖްކޮށް 40 ލީޓަރުގެ ކިރެވެ. ސާޅީހަށް ވުރެ ގިނަ އުފެއްދުން މިހާތަނަށް ތައާރަފްޗކޮށްފައިވާއިރު އެއިން ކޮންމެ އުފެއްދުމެއްގެ ފެންވަރު ވަޒަންކުރަން 10،000 އަށް ވުރެ ގިނަ ޓެސްޓް ހަދަ އެވެ.
އެކި ބާވަތްތަކުގެ ކާބޯތަކެތި އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭ ވިލާ މާޓް ފިހާރަތަކަކީ ވިލާ ޓްރޭޑިން ގެ ދަށުން ހިންގާ ރީޓެއިލް އައުޓްލެޓްތަކެވެ. އެ ފިހާރަތައް މާލޭގެ އިތުރުން ހުޅުމާލޭގައި ހުރެ އެވެ.
ވިލާ މާޓުތަކުން ލިބޭ ހުރިހާ އެއްޗެއްގެ މައުލޫމާތު އެ ފިހާރައިގެ ވެބްސައިޓުން އަދި އެޕްލިކޭޝަނުން ވެސް ބަލާލައި އޯޑަރު ކޮށްލެވެ އެވެ. އަދި މާލެއާއި ހުޅުމާލެއަށް ޑެލިވަރީ ވެސް ކޮށްދެ އެވެ.
Comment