8 އޮކްޓޯބަރު 2024 - 06:31 0
ލީވާން އަލީ ނާސިރު
8 އޮކްޓޯބަރު 2024 - 06:31 0
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބުރާސްފަތި ދުވަހު ބާއްވާ ގެސްޓްހައުސް ސިމްޕޯޒިއަމްގައި ބައިވެރިވާ ޕެނަލިސްޓުން އިއުލާން ކޮށްފި އެވެ.
ކްރޮސްރޯޑްސްގައި ބާއްވާ އެ ސިމްޕޯޒިއަމްގައި ތަފާތު ތިން ޕެނަލް ޑިސްކަޝަނެއް ކުރިއަށްދާއިރު، އެ ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވަނީ ކަމާއި ގުޅުންހުރި ތަޖުރިބާކާރުންނާއި އެ ދާއިރާގެ މާހިރުންނެވެ.
އެމްއައިބީން ބުނީ އެ ސިމްޕޯޒިއަމްގައި އެކި ގެސްޓްހައުސްއާ ގުޅުން ހުރި އެކި ދާއިރާތަކުން ޕެނަލިސްޓުން މައުލޫމާތާއި ތަޖުރިބާ ހިއްސާ ކުރާނެ ކަމަށާއި އެ ޕެނަލް ޑިސްކަޝަންތަކުން ބައިވެރިންނަށް ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގައި ހަލުވިކަމާ އެކު ފުޅާވަމުން އަންނަ ގެސްޓްހައުސް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އެ ދާއިރާއާ ގުޅުންހުރި ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލައިގެން ބާއްވާ އެ ސިމްޕޯޒިއަމް ވެގެންދާނީ ގެސްޓްހައުސް ވިޔަފާރި ކުރިއަރުވާ ދެމެހެއްޓިނިވި ގޮތެެއްގައި ވިޔަފާރި ކުރުމަށް ހުޅުވޭ ދޮރެއް ކަމަށް އެމްއައިބީން ބުންޏެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment