Advertisement

އިމްރާން ޙާން މިނިވަން ކުރަން ގޮވާލައި ޕާކިސްތާނުގައި ވަރުގަދަ މުޒާހަރާތަކެއް

6 އޮކްޓޯބަރު 2024 - 12:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިމްރާން ޚާންގެ ސަޕޯޓަރުން އޭނާ މިނިވަން ކުރަން ގޮވާލައި މުޒާހަރާ ކުރުން: މުޒާހަރާ ކުރާ މީހުންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވޭ -- ފޮޓޯ: އޭއެފްޕީ


އިމްރާން ޙާން މިނިވަން ކުރަން ގޮވާލައި ޕާކިސްތާނުގައި ވަރުގަދަ މުޒާހަރާތަކެއް

6 އޮކްޓޯބަރު 2024 - 12:00 0

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލުން މިނިވަން ކުރަން ގޮވާލައި އެ ގައުމުގައި ވަރުގަދަ މުޒާހަރާތަކެއް ކުރަން ފަށައިފި އެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ މުޒާހަރާތަކުގައި އިމްރާން ޚާންގެ ޕާޓީ ޕީޓީއައިގެ ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވެ އެވެ.

މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ކަރުނަ ގޭސް ބޭނުން ކޮށްފައިވާއިރު، އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލައި މަގުތައް ވެސް ވަނީ ބަންދު ކޮށްފަ އެވެ.

އިސްލާމްއާބާދުގެ އިތުރުން ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި އިމްރާން ޚާން ދޫކޮށްލުމަށް ގޮވާލައި މުޒާހަރާތައް އަންނަނީ ކުރަމުންނެވެ.

މުޒާހަރާ ކުރަމުންދާ ސަޕޯޓަރުންނަށް ދިން މެސެޖެެއްގައި އިމްރާން ޚާން ވިދާޅުވީ އޭނާއަށް ތާއީދުކުރާ މީހުންނާ މެދު ފަހުރުވެރިވާ ކަމަށެވެ.

އޮގަސްޓް 2018 އިން ފެށިގެން އޭޕްރީލް 2022 އާ ހަމައަށް ޕާކިސްތާނުގެ ބޮޑުވަޒީރަކަށް ހުންނެވި އިމްރާން ޙާންގެ މައްޗަށް ކޮރަޕްޝަނާއި އެހެނިހެން ދައުވާތަކުގެ ކުށް ސާބިތުވެ، އެމަނިކުފާނަށް ވަނީ 34 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އިއްވާފަ އެވެ.