Advertisement

ސްޕެނިޝް ލީގު: ރެއާލުން ވިޔަރެއާލް ބަލިކޮށްފި

6 އޮކްޓޯބަރު 2024 - 07:29 0


ސްޕެނިޝް ލީގު: ރެއާލުން ވިޔަރެއާލް ބަލިކޮށްފި

6 އޮކްޓޯބަރު 2024 - 07:29 0

މެޑްރިޑް (އޮކްޓޫބަރު 6) - ސްޕެނިޝް ލީގުގައި އަމިއްލަ ދަނޑުގައި ވިޔަރެއާލްގެ މައްޗަށް 2-0 އިން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކުރިހޯދައިފި އެވެ.

މި ނަތީޖާއާއެކު ރެއާލް ލީގު ތާވަލުގެ ދެ ވަނައިގައި އޮތީ ކުޅުނު ނުވަ މެޗުން ހޯދި 21 ޕޮއިންޓާއެކުގަ އެވެ. އެއް ވަނައިގައި ބާސެލޯނާ އޮތީ އެއް މެޗު މަދުން ކުޅެ 21 ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

މި މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ރެއާލުން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. ކެޕްޓަން ލޫކާ މޮޑްރިޗް ނަގައިދިން ކޯނަރަކުން މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފެޑްރީކޯ ވަލްވާޑޭ އެވެ. މިއީ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާ އެއް ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން ވަލްވާޑޭ ކާމިޔާބުކުރި ގޯލެކެވެ.

މި ލަނޑަށްފަހު ވެސް ރެއާލަށް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ކީލިއަން އެމްބާޕޭ އަށް އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

އޭގެ ފަހުން މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ވެސް ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ރެއާލަށް ލީޑު ފުޅާކޮށްދިނީ މެޗުގެ 73 ވަނަ މިނެޓުގައި ވިނީޝިއުސް ޖޫނިއާ ކާމިޔާބުކޮށްދިން ގޯލުންނެވެ. މިއީ ވަލްވާޑޭ ދިން ޕާހެއް އޭރިއާ ބޭރުގައި ހުރި ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ވިނީޝިއުސް ކާމިޔާބުކުރި ގޯލެކެވެ.

އެކަމަކު މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި ވިނީޝިއުސް އަށް އަނިޔާވެގެން ބަދަލުކުރި އެވެ. އޭގެ ފަހުން, ތަޖުރިބާކާރު ޑިފެންޑަރު, ޑެނީ ކާވަހާލް އަށް ވެސް އަނިޔާވެގެން ވަނީ ބަދަލުކޮށްފަ އެވެ.