Advertisement

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި

ގެސްޓްހައުސް ސިމްޕޯސިއަމް 2024 ގެ ލޯގޯ: މި އިވެންޓު އިންތިޒާމުކުރަނީ އެމްއައިބީން -- ފޮޓޯ: އަދަދު


އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްގެ ބައެއް ޕާޓްނަރުން އިއުލާންކޮށް، އެ ޕާޓްނަރުންނާ އެކު އެމްއޯޔޫގައި ސޮއިކޮށްފި އެވެ.

ގެސްޓްހައުސް ސިމްޕޯޒިއަމްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު، އިވެންޓް ޕާޓްނަރަކަށް ތިންކް އެސޯސިއޭޓްސް، ބްރޮޑްކާސްޓިން ޕާޓްނަރަކަށް ޕީއެސްއެމް އަދި ވެނިއު ޕާޓްނަރަކަށް ކްރޮސް ރޯޑްސް މޯލްޑިވްސްއާއެކު ވަނީ ސޮއިކޮށްފަ އެވެ.

އެ ސިމްޕޯޒިއަމްގެ އެސޯސިއޭޓް ޕާޓްނަރެއް ގޮތުގައި ގެސްޓްހައުސް އެސޯސިއޭޝަނުން ބައިވެރިވާނެ ކަމަށް އެމްއައިބީން ބުންޏެވެ.

އެމްއައިބީން ބުނީ ސިމްޕޯޒިއަމްގައި އެކްސިބިޓް ކުރަން ބޭނުންވާ ފަރާތްތަކާއި، އެކި އުފެއްދުންތައް ޕިޗް ކުރަން ބޭނުންވާ ދިވެހި ޒުވާނުންނަށް ރަޖިސްޓްރީ ކުރަން ހުޅުވާލުމުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ފުޅާވަމުން އަންނަ ގެސްޓްހައުސް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އެ ދާއިރާއާ ގުޅުންހުރި ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލައިގެން ބާއްވާ ސިމްޕޯޒިއަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު 10، ގައެވެ.

އެ ސިމްޕޯޒިއަމް ވެގެންދާނީ ގެސްޓްހައުސް ވިޔަފާރި ކުރިއަރުވާ ދެމެހެއްޓިނިވި ގޮތެެއްގައި ވިޔަފާރި ކުރުމަށް ހުޅުވޭ ދޮރެއް ކަމަށް އެމްއައިބީން ބުންޏެވެ.

އެގޮތުން އެމްއައިބީން ބުނީ ސިމްޕޯޒިއަމްގައި ކަމާއި ގުޅުންހުރި ތަޖުރިބާކާރުންނާއި އެ ދާއިރާގެ މާހިރުން ބައިވެރިންނަށް މައުލޫމާތު ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.