Advertisement

ދުބާއީގެ ލެގޯ ލޭންޑަށް ދާން ބޭނުންތަ؟

ޕްލޭޑެން ކިޑްސް


ދުބާއީގެ ލެގޯ ލޭންޑަށް ދާން ބޭނުންތަ؟

ޕްލޭޑެން ކިޑްސްގެ ފަރާތުން މިފަހަރު މިއޮތީ ދުބާއީގެ ލެގޯ ލޭންޑަށް ދާން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެކެވެ. މި ނިމުނު ސެޕްޓެމްބަރު 27، އިން ފެށިގެން ނޮވެމްބަރު 27، ގެ ނިޔަލަށް ޕްލޭޑެން ކިޑްސްއިން ކުރިއަށްގެންދާ 'ފެމިލީ ދަތުރެއް، ދުބާއީއަށް' ޕްރޮމޯޝަނުގައި ބައިވެރިވެގެން އާއިލާގެ ތިން މީހަކަށް ދުބާއީގެ ލެގޯ ލޭންޑަށް ދިޔުމުގެ ފުރުސަތެވެ.

‎ޕްލޭޑެން ކިޑްސްގެ ފަރާތުން މައުލޫމާތު ދެއްވަމުން ކުންފުނީގެ ސޭލްސް އެންޑް މާކެޓިން ހެޑް، އަލީ ޔާފިޒް ވިދާޅުވީ އޮންލައިންކޮށް ނުވަތަ ފިހާރައަށް ޒިޔާރަތް ކޮށްގެން 300ރ. ގެ ވިޔަފާރި ކޮށްގެން ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ޕްލޭޑެން ކިޑްސްގައި ހުރި ބައެއް ކުޅޭތަކެތި


އެކަހަލަ ބޮޑު އާއިލީ ދަތުރެއް ދޭން ނިންމީ އެއީ އާއިލާއަކަށް ދަރިފުޅު ނުވަތަ ކޮއްކޮއާއެކު ރަނގަޅު އަދި އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލަން ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް ފެންނާތީ ކަމަށް އަލީ ޔާފިޒް ވިދާޅުވި އެވެ.

‎ކޮންމެ 300ރ. އަކަށް ކޫޕަނެއް ލިބޭ މި ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތަކަށް ދުބާއީއަށް ދާން މިލިބޭ އާއިލީ ދަތުރުގައި އާއިލާގެ ތިން މީހަކަށް ދުބާއީގެ ދެކޮޅު ޓިކެޓް، ތިން ދުވަހުގެ ހުރުމުގެ ޚަރަދުގެ އިތުރުން ދުބާއީގެ ލެގޯލޭންޑަށް ވަނުމުގެ ޓިކެޓްވެސް ލިބެ އެވެ.

‎ކުޑަކުދިންނަށް ހާއްސަ ޕްލޭޑެން ކިޑްސް ފިހާރައަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުޑަކުދިން އަދި ބެލެނިވެރިންގެ މެދުގައި މަގްބޫލުކަމެއް ހޯދައިފައިވާ ފިހާރައެކެވެ. އެ ފިހާރައިން ކުޑަކުދިންނަށް ކަމުދާ އެކި ކޮލިޓީގެ އަދި އެކިއެކި ކެޓެގަރީގެ ކުޅޭ ސާމާނު ލިބެން ހުރެއެވެ.

‎ހިތަށް ފިނިވާ މަގުގައި ހުންނަ ޕްލޭޑެން ކިޑްސްގެ ފޭސްބުކް ޕޭޖް އަދި އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ވެސް ވިޔަފާރި ކުރެވެ އެވެ