ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ޑޮލަރު ނަގާ ނަމަ ގެސްޓްހައުސް މާކެޓު ފުނޑޭނެ: ފައްޔާޒް

ފައްޔާޒް އިސްމާއިލް: ޓޫރިސްޓެއްގެ ބޮލަކަށް ނެގުމުގެ ބަދަލުގައި ޑޮލަރު އާމްދަނީ ނަގަންވީ ޕަސަންޓުން ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ފައްޔާޒް އިސްމާއިލް: ޓޫރިސްޓެއްގެ ބޮލަކަށް ނެގުމުގެ ބަދަލުގައި ޑޮލަރު އާމްދަނީ ނަގަންވީ ޕަސަންޓުން ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ޓުއަރިސްޓު ފެސިލިޓީތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް ބަލައިގެން ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުމުން ގެސްޓްހައުސް އަދި ދަށް ފަންތީގެ ރިސޯޓުތައް ފުނޑޭނެ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ގެނައި ބަދަލުގެ ސަބަބުން، ޑޮލަރު މާރު ކުރަން ޖެހޭނީ ޓުއަރިސްޓުން އެ ފެސިލިޓީއަކަށް އަންނަ މިންވަރަކުންނެވެ. ރިސޯޓުތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 500 ޑޮލަރު އެ ފެސިލިޓީއަކުން މާރު ކުރަންޖެހެ އެވެ. ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަންޖެހެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ ކޮންމެ ބޮލަކަށް ވަކި މިންވަރަކަށް ޑޮލަރު ނެގުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ލިބޭ އާމްދަނީން ވަކި ޕަސެންޓޭޖެއް ނެގުން ކަމަށެވެ. މިހާރު ފޯމިއުލާ އޮތް ގޮތުން ގެސްޓްހައުސް އަދި ދަށް ފަންތީގެ ރިސޯޓުތައް ފުނޑޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން މި ނިންމުން މުރާޖާކޮށް، ކޮންމެ ފަތުރުވެރިއަކަށް ޑޮލަރުގެ ރޭޓެއް ކަނޑައެޅުމުގެ ބަދަލުގައި، ބޭރުގެ އާމްދަނީ ނިސްބަތުން ނަގާ ގޮތަށް ބަދަލު ގެންނަން ޖެހޭ،" ފައްޔާޒް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގައި 2022 ގައި ވަޒީރުންގެ މަޖިލީހުން ފާސްކުރީ ލިބޭ އާމްދަނީގެ އިންސައްތައެއް ދޫކޮށްލަން ޖެހޭ ގޮތަށް ކަމަށާއި، ބޭރު ފައިސާ ހޯދާ ފަރާތްތަކަށް އެފަރާތްތަކުގެ ވަކި ބޭނުންތައް ފުއްދައިދޭނެ ކަމުގެ ވަކި ގެރެންޓީތަކެއް ދީފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ނަމަވެސް ފައްޔާޒް ވިދާޅުވީ ހިތާމައަކީ އެ ނިންމުން އެމްއެމްއޭއިން ތަންފީޒު ނުކުރެވުނީ ޓީޖީއެސްޓީ ރޭޓް ބޮޑުކުރުމާއި ކޮވިޑް-19 އިން އަރައިގަތުން ފަދަ ތަފާތު ސަބަބުތަކާ ހުރެ ކަމަށާއި އެކަމުގެ ސަބަބުން އެފަދަ ބަދަލަކަށް އިންޑަސްޓްރީ ތައްޔާރު ނުވާ ކަމަށެވެ.

އެމްއެމްއޭއިން ކަނޑައެޅި ގަވާއިދުގެ ދަށުން ޓޫރިސްޓުންގެ އަތުން ގިނައިން ރުފިޔާ ލިބެމުން އަންނަ ގެސްޓްހައުސްތަކާއި ދަށު ފަންތީގެ ރިސޯޓުތައް ހަލާކުވެ، ގެސްޓްހައުސްތަކާއި ސަފާރީތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅުމުގެ ސަބަބުން ލިވްއަބޯޑް އިންޑަސްޓްރީއަށާއި މެދު ފަންތީގެ ރިސޯޓްތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އެކަމުގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެ، ކުދި އަދި މެދުރާސްތާގެ ތަންތަނުގެ ދެމިއޮތުމަށާއި، މުސްތަގްބަލުގައި ބޭރުގެ އިންވެސްޓްމަންޓްތައް އައުމަށް ބުރޫއަރާފާނެތީ، ކަމާބެހޭ ފަރާތްތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ފަށުމަށް ގޮވާލެއްވި އެވެ.

"ހަމައެކަނި މި ފިޔަވަޅުގެ ސަބަބުން ޑޮލަރުގެ ބާޒާރުގައި ހުރި މައްސަލަތަކަށް ހައްލެއް ނުލިބޭނެ. ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކޮށް، މަނިޓަރީ ޕޮލިސީ އެއްގޮތްކޮށް، ފައިސާ ބަދަލުކުރާ މުއައްސަސާތައް މޮނިޓާ ކުރުން ހަރުދަނާ ކުރުމުގެ އިތުރުން، އެހެނިހެން ފިޔަވަޅުތައް އަޅައި، މެކްރޯ އިކޮނޮމިކް ބެލެންސް އަލުން އިއާދަކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ،" ފައްޔާޒް ވިދާޅުވި އެވެ.

އޭގެއިތުރުން މިހާރު އަމަލު ކުރާ ގަވާއިދު މުރާޖާކޮށް، ކުރިއަށް ދާނެ ގޮތާމެދު ހަރުދަނާ އެއްބަސްވުމަކަށް އައުމަށް ސަރުކާރަށާއި އެމްއެމްއޭއަށް ފައްޔާޒް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox