Advertisement

އިރާނުން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދޭން ފަށައިފި

1 އޮކްޓޯބަރު 2024 - 22:37 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އިރާނުން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދޭން ފަށައިފި

1 އޮކްޓޯބަރު 2024 - 22:37 0

އިރާނުން އިޒްރޭލަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދޭން ފަށައިފި އެވެ.

"އަލްޖަޒީރާ" އިން ބުނީ އިރާނުން ވަރުގަދަ މިސައިލް ހަމަލާތަކެއް އިޒްރޭލަށް އަމާޒުކޮށް ފޮނުވަން ފަށާފައިވާ ކަމަށާއި ބައެއް ހަމަލާތައް އަމާޒަށް ވާސިލުވެފައިވާ ކަމަށެވެ.

އިރާނުން އިޒްރޭލަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައި މިވަނީ އިޒްރޭލުން ފަލަސްތީނުގެ ގާޒާ އާއި ލުބްނާނު އަދި ޔަމަނަށް މެދުނުކެނޑި ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގަ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގައި ހަރަކާތްތެރިވަމުން އަންނަ ހަމާސްގެ އިސް ލީޑަރުން އަދި ލުބްނާނުގައި ހަރަކާތްތެރިވަމުން އަންނަ ހިޒްބުﷲ ގެ އިސް ލީޑަރުން ވަނީ ޝަހީދުކޮށްލައިފަ އެވެ.

އިރާނުން އިޒްރޭލަށް ހަމަލާތައް ދޭން ފަށާފައި ވަނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އިންޒާރުތައް ދިނުމަށްފަހު އެވެ.

އިޒްރޭލުން މިދިޔަ އޮކްޓޯބަރު 7، އިން ފެށިގެން ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި މިހާތަނަށް 41،638 މީހުން މަރުވެފައިވާއިރު، ލުބްނާނަށް ދެމުން އަންނަ ހަމަލާތަކުގައި ދެ ހަފްތާ ތެރޭގައި 1،139 މީހުން ވަނީ މަރުވެފަ އެވެ.