30 ސެޕްޓެންބަރު 2024 - 15:24 2
މުހައްމަދު ޝަހްޒާން
ޔޫތު މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުންނަވައިގެން އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ފުރައްސާރަ ކުރި މައްސަލައިގައި ސަސްޕެންޑު ކުރުމުން މަލްޝާ އިސްތިއުފާ ދިނީ މިމަހުގެ 10، ގައި -- ފޮޓޯ: އަދަދު
30 ސެޕްޓެންބަރު 2024 - 15:24 2
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަ ކުރި މައްސަލައިގައި ސަސްޕެންޑު ކުރިތާ އަށް މަސްދުވަސްފަހުން އިސްތިއުފާ ދިން މަލްޝާ ޝަރީފަށް އެޗްޑީސީން ވަޒީފާ ދީފި އެވެ.
އެނގިފައި ވާގޮތުގައި މަލްޝާއަށް ދީފައި ވަނީ އެޗްޑީސީގެ އެސިސްޓެންޓު ޑިރެކްޓަރުކަމެވެ. އެކަމާ ގުޅިގެން އެޗްޑީސީން ރަސްމީކޮށް ބަހެއް ނުބުނެ އެވެ.
އެޗްޑީސީގެ އެސިސެޓެންޓު ޑިރެކްޓަރެއްގެ މުސާރައަކީ 33،000ރ. އެވެ. މިއީ ނައިބު ވަޒީރެއްގެ ގޮތުގައި ހުރިއިރު ލިބުނު މުސާރައަށް ވުރެ އެންމެ 2000ރ. މަދު އަދަދެކެވެ.
މޯދީއަށް ފުރައްސާރަ ކުރި މައްސަލައިގައި ޔޫތު މިނިސްޓަރީގެ ނައިބު ވަޒީރުންގެ ގޮތުގައި ތިއްބެވި މަލްޝާ ޝަރީފު އާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރީ ޖެނުއަރީ 7، ގަ އެވެ.
މޯދީއަށް މަލާމާތް ކުރި މައްސަލަ ރައީސް މުއިއްޒު ކުށްވެރިކޮށްފި
"އެ ބާވަތުގެ އެއްޗެއް އެއްވެސް މީހަކު ބުނެގެން ނުވާނެ. އަޅުގަނޑު ހަމަ ގައިމު ވެސް އެކަމަށް ފިޔަވަޅު އެޅިން. އެއްވެސް މީހަކާ ދިމާލަށް އެގޮތަށް އެއްޗެހި ބުނުން އަޅުގަނޑު ބަލައެއްނުގަންނާނަން. އެއީ ލީޑަރެއް އަދި އާދައިގެ މީހެއް ކަމަށް ވިޔަސް. ކޮންމެ އިންސާނަކީ ވެސް އަބުރުވެރި މީހެއް
މޯދީއަށް މަލާމާތް ކުރި މައްސަލަ ރައީސް މުއިއްޒު ކުށްވެރިކޮށްފި
"އެ ބާވަތުގެ އެއްޗެއް އެއްވެސް މީހަކު ބުނެގެން ނުވާނެ. އަޅުގަނޑު ހަމަ ގައިމު ވެސް އެކަމަށް ފިޔަވަޅު އެޅިން. އެއްވެސް މީހަކާ ދިމާލަށް އެގޮތަށް އެއްޗެހި ބުނުން އަޅުގަނޑު ބަލައެއްނުގަންނާނަން. އެއީ ލީޑަރެއް އަދި އާދައިގެ މީހެއް ކަމަށް ވިޔަސް. ކޮންމެ އިންސާނަކީ ވެސް އަބުރުވެރި މީހެއް
ސަސްޕެންޝަނުގައި ތިއްބަވައިގެން އަށް މަސްދުވަހު މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި އެއިން ކޮންމެ ބޭފުޅަކު 225،000ރ. ނެންގެވުމަށްފަހު މަލްޝާ އާއި ޝިއުނާ މަގާމުން އިސްތިއުފާ ދެއްވީ މިމަހުގެ 10، ގަ އެވެ.
އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވުމާއެކު ޔޫތު މިނިސްޓަރީގެ ސޯޝަލްމީޑިއާ ހޭންޑްލްތަކުން ވަނީ އެ ބޭފުޅުން މަގާމުގައި ތިއްބަވައިގެން "ކޮށްދެއްވި" މަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީން މިދިޔަ ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ޑީންސް ލީޑަޝިޕް ސީރީޒްގެ މެހެމާނެއްގެ ގޮތުގައި އެ ޔުނިވާސިޜީގައި އިނގިރޭސި ބަހުން ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނަރެންދުރަ މޯދީއަށް ފުރައްސާރަ ކުރި މައްސަލަ ކުށްވެރި ކުރައްވައިފަ އެވެ.
އެރޭ ރައީސް ވިދާޅުވީ މޯދީއަށް ޑެޕިއުޓީ މިނިސްޓަރުން ރައްދު ކުރި ފަދަ އެއްވެސް ބަހެއް، އެއްވެސް މީހަކަށް ރައްދު ކުރުމަކީ ގޯހެއް ކަމަށާއި އެމީހުންނަށް ފިޔަވަޅު އެޅި ކަމަށެވެ.
0.00%
50.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ރައްޔިތުމީހާ
6 months ago
އެސިސްޓެންޓް ޑިރެކްޓަރގެ މަގާމަށް 201 ނަންބަރު އިއުލާނުކުރީ، ސެޕްޓެމްބަރ 10ގަ. 12 ވަނަދުވަހު 14:00ގަ މުއްދަތު ހަމަވާގޮތަށް. 1 ދުވަހުގެ މުއްދަތަށް އިއުލާނު ކުރީމަ އެގޭ ވަކިމީހަކަށް ވަޒީފާ ދޭންވެގެން ކުރި އިއުލާނެއްކަން.
ވޯލް
6 months ago
ހަހަހަ، އެންމެ ހަރު އަޑުން އިންޑިއާ އައުޓް ގޮވި މުއީޒު، މަލްސާ ކަންޑާލާފަ އެއަށްވުރެ ދަށް ވަޒީފާއެއް ދިނީމަ އެއްވެސް ބޭނުންކޮށްފި. ތިޔަވަރަށް މީހާ ދަށްވާކަށް ނުވާނެ. އިންސާނެއް ވިއްޔާ ގޮތެއް ހުންނަވާނެ. މިހާރު އެންމެނަށްވެސް އެނގިގެން މިދިޔައީ ހަމަ ވަޒިފާގެ ބޭނުމުގައި މުއީޒު ވެގެން ޕާޓީ ވެގެން އަދި އިރެއްގައި ރ.ޔާމީނު ވެގެން އުޅޭ މީހުންކަށް މީ.
Comment