Advertisement

އިޓަލީގެ އޯވީއެސް ރާއްޖެ އަށް

17 ސެޕްޓެންބަރު 2024 - 10:29 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


އިޓަލީގެ އޯވީއެސް ރާއްޖެ އަށް

17 ސެޕްޓެންބަރު 2024 - 10:29 0

މި ދެކޭ ޒަމާނީ ފެޝަނަށް ވާސިލުވުމުގެ ދިގު ދަތުރުގައި އެކި ލައިފްސައިލްތަކުގެ ފެޝަންތަކާއި ޑިޒައިންތަކަށް އިޓަލީވިލާތުގެ ނުފޫޒު ވަދެފައިވާ މިންވަރު ބޮޑެވެ. އެއީ އެ ގައުމުގެ ޑިޒައިނަރުން ކޮންމެ ކަމެއްގައި ވެސް ގެންގުޅުނު އުހަށް ވާސިލުވުމާއި ކުރާ ކަމެއްގެ ފެންވަރާއި ފަރުވާތެރިވުމުގެ މޮޓޯގެ ނަތީޖާ އެވެ. އެހެންވެ، "މޭޑް އިން އިޓަލީ" އަކީ ހަމައެކަނި ނަމެއްގެ ބަދަލުގައި، ފެންވަރު ހުރި ރަމްޒަކަށް ވި އެވެ.

ފެޝަން މާކެޓުގައި އިޓަލީގެ މަރުކާތައް ކުރިއަރައި ދިޔައީ މި ސަބަބުތަކާ ހުރެ އެވެ. އޭގެ ތެރެއިން އިޓަލީގައި ހެދުން ވިއްކާ އެންމެ ބޮޑު ކުންފުނި، އޯވީއެސްގެ ފިހާރައެއް މާލޭގައި މި ހަފުތާގައި ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ.


ބައިގަރުނު ކުރިން ފެޝަން އިންޑަސްޓްރީއަށް ވަދެ، މިހާރު އިޓަލީގެ އެންމެ ވަރުގަދަ ބްރޭންޑުގެ ގޮތުގައިވެފައިވާ، އޯވީއެސްގެ ދެހާހެއްހާ ފިހާރަ އެކި ބައްރުތަކާއި ގައުމުތަކުގައި އެބަ ހުއްޓެވެ. މާލޭގައި ހުޅުވާ އެ މަރުކާގެ ފިހާރަ ހުންނާނީ މެދުޒިޔާރަތް މަގު، ސިފައިންގޭގެ ފުރަގަހުގަ އެވެ.

ދެ ފަންގިފިލާއަށް ހަދާފައިވާ، އޯވީއެސްގެ ކުލަކަމުގައިވާ ގަދަ ރީނދޫ ކުލައިން ވިދާލާފައިވާ އެ ފިހާރަ ހުޅުވާނީ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.

ޒުވާނުންގެ އާބާދީ ބޮޑު މި ރާއްޖޭގައި މިފަދަ ފިހާރައެއް ހުޅުވުމަކީ ޒުވާނުންނަށް، އަދި އާއިލާތަކަށް ވެސް ޔޫރަޕްގެ ފެންވަރު ރަނގަޅު، މަޝްހޫރު މަރުކާއެއްގެ އަންނައުނު ފަސޭހަކަމާއެކު ލިބުން ފަސޭހަކޮށްދޭނެ ކަމަކަށެވެ.

ހުރިހާ ޖިންސެއްގެ، ހުރިހާ އުމުރެއްގެ މީހުންގެ ހެދުން އޯވީއެސްގެ ކުޑައިގެ ދަށުގައި އެބަ ހުއްޓެވެ. ނަމަވެސް މާލޭގައި ހުޅުވާ ފުރަތަމަ ފިހާރަ މިވަގުތު ހާއްސަކޮށްފައި ވަނީ ކުޑަކުދިންނާއި އަންހެނުންގެ ހެދުމަށެވެ.