Advertisement

ސަރުކާރުގެ ގްރީން ސިގްނަލަކީ ރައްޔިތުންނަށް ރެޑް ސިގްނަލެއް: މެންބަރު ދީދީ

13 ސެޕްޓެންބަރު 2024 - 16:18 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ (ޑީޑީ): ސަރުކާރުގެ ގްރީން ސިގްނަލަކީ ރައްޔިތުންނަށް ރެޑް ސިގްނަލެއް ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ


ސަރުކާރުގެ ގްރީން ސިގްނަލަކީ ރައްޔިތުންނަށް ރެޑް ސިގްނަލެއް: މެންބަރު ދީދީ

13 ސެޕްޓެންބަރު 2024 - 16:18 0

މި ސަރުކާރުގެ ގްރީން ސިގްނަލަކީ ރައްޔިތުންނަށް ރެޑް ސިގްނަލެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ (ޑީޑީ) މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ޑީޑީ ވިދާޅުވީ މި ސަރުކާރުން ގްރީން ސިގްނަލެއްގެ ވާހަކައެއް ދައްކައިފިނަމަ ރައްޔިތުން އެއަށް ސަމާލުވާން ޖެހޭ ކަމަށެވެ.

"ހުރިހާ ބޭފުޅުން ވެސް މިއަދުގެ ހާލަތަށް ވިސްނައި މި ބޭފުޅުން ގްރީން ސިގްނަލްއޭ ބުނެ ވާހަކައެއް ދައްކައިފިއްޔާ އެކަމަށް ސަމާލުވާތި. އެއީ ރައްޔިތުންނަށް ރެޑް ސިގްނަލްއެއް. އެކަމަށް ހަމަ ސަމާލުވެގެން ފަރުވާތެރިކޮށް ކުރިއަށް ގެންދަންވީ،" ޑީޑީ ވިދާޅުވި އެވެ.

ޑީޑީ ވިދާޅުވީ މިއަދު ގައުމުގެ ވެރި މީހާގެ ހާލަތަކީ މުލިއާގޭ މަތިން ބޮޑު ކޮތަރު ބައިގަނޑެއް ދިޔަޔަސް، އެއީ ސިހުރެއް ނުވަތަ ބަގާވާތެއް ކަމަށް ފެހި ސިގްނަލް ލިބޭ ކަމަށާއި އެކަން ތަހުގީގު ކުރަން ހޯމް މިނިސްޓަރަށް ވެސް ދަންނަވަން ޖެހޭ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ގައުމާ މެދު ވިސްނަން ވަގުތު ނުވެ، ހަމައެކަނި ވަގުތު ވަނީ ސިހުރަކުން ނުވަތަ ބަގާވާތަކުން ސަލާމަތްވުމަށް ކަމަށް ޑީޑީ ވިދާޅުވި އެވެ.

އޭގެއިތުރުން މި ސަރުކާރުގެ 10 ވަނަ މަސް މިހާރު ގުނަން ފަށާފައިވާއިރު މިހާތަނަށް ވައުދުވެގެން ކުރެވުނުހާ ވެސް ކަމަކީ ރަސްމާލެއަށް ވެލިކޮޅެއް އަޅާލުންކަން ފާހަގަކުރައްވާ ޑީޑީ ވިދާޅުވީ ރަށްރަށުގައި އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށެވެ.

ޑީޑީ ވިދާޅުވީ ފަލަސްތީނުގެ ދިފާއުގައި އިޒްރޭލުގެ ޕާސްޕޯޓް ބޭންކުރަން ދެއްކި ވާހަކައާއެކު އަރަބި ގައުމުތަކުގެ ހެޑްލައިނަށް ރާއްޖެ އެރިއިރު މިއީ ދޮގު ހަދާ ސަރުކާރެއްކަން އެ މީހުންނަށް ނޭނގުނު ކަމަށެވެ.

ނަމަވެސް, މިހާރު އެ ބޭފުޅުންނަށް ވެސް މި ސަރުކާރަކީ ދޮގު ހަދާ ސަރުކާރެއްކަން ހާމަވެފައިވާ ކަމަށައި ޕާސްޕޯޓް ބޭން ނުކުރާނެކަން ވެސް އެނގޭ ކަމަށެވެ.