Advertisement

ޖޭއެސްސީއަށް ފަރުހާދު، އެޗްއާރުސީއެމްއަށް ހަބީބު އައްޔަންކޮށްފި

8 ސެޕްޓެންބަރު 2024 - 16:25 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު (ކ)، ހަބީބުއަށް މަގާމުގެ ފަތްކޮޅު އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް


ޖޭއެސްސީއަށް ފަރުހާދު، އެޗްއާރުސީއެމްއަށް ހަބީބު އައްޔަންކޮށްފި

8 ސެޕްޓެންބަރު 2024 - 16:25 0

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ދެ މެންބަރަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

އެޗްއާރުސީއެމް އަށް އައްޔަންކުރެއްވީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބެވެ. އޭނާ މި މަގާމަށް އައްޔަންކުރަން މަޖިލީހަށް ނަން ފޮނުއްވީ ރައީސް މުއިއްޒެވެ. އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ޖުލައި 31، ގަ އެވެ.

އެ ދުވަހުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 76 މެންބަރުންގެ ތެރެއިން 73 މެންބަރުން ވޯޓު ދެއްވީ ހަބީބަށް ރުހުން ދޭން ފެންނަ ކަމަށެވެ. އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓުދެއްވީ ތިން މެންބަރެކެވެ.

ހަބީބު ވޭތުވެދިޔަ 10 އަހަރު ހުންނެވީ އީސީގެ މެންބަރެއްގެ ގޮތުގަ އެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް އޭނާ ހުންނެވީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގަ އެވެ.

ރައީސް މުއިއްޒު، ޖޭއެސްސީގެ މެންބަރުކަމަށް މިއަދު އައްޔަންކުރެއްވި ފަރުހާދުއަށް މަގާމުގެ ފަތްކޮޅު އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް


ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރީ ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދެވެ. އޭނާ މި މަގާމަށް އައްޔަންކުރީ އެ ކޮމިޝަނަށް އަށް ދަށު ކޯޓުގެ ފަނޑިޔާރެއް އިންތިހާބު ކުރުމަށް އޮގަސްޓު 10، ގައި ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވުމުންނެވެ.

ދަށު ކޯޓުތަކުގެ ފަސް ފަނޑިޔާރުން ވާދަކުރެއްވި އެ އިންތިހާބުގައި 91 ވޯޓު ލިބުނު ފަރުހާދުއާ އެންމެ ގާތުން ވާދަކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހްސާންއަށް ލިބުނީ 71 ވޯޓެވެ.

ޖޭއެސްސީގެ އާ މެންބަރު ފަރުހާދުއާ ގުޅޭ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ އަހަރު އެ ކޮމިޝަނުން ބެލި އެވެ. ނަމަވެސް އެ މައްސަލައަށް ބާރުދޭ އެއްވެސް ހޯދުމެއް ހޯދިފައި ނުވާތީ އެ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމި އެވެ.