Advertisement

ނަރުދޫ ބަނދަރު ހަދަން ގެނައި ސާމާނު ގެންދަން އުޅުމުން ކައުންސިލުން ހުއްޓުވައިފި

7 ސެޕްޓެންބަރު 2024 - 19:57 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ނަރުދޫ ބަނދަރުގެ މަޝްރޫއަށް ގެނައި ސާމާނު ގެންދަން އުޅުން: ކައުންސިލުން ވަނީ އެކަން ހުއްޓުވާފައި -- ފޮޓޯ: އެކްސް


ނަރުދޫ ބަނދަރު ހަދަން ގެނައި ސާމާނު ގެންދަން އުޅުމުން ކައުންސިލުން ހުއްޓުވައިފި

7 ސެޕްޓެންބަރު 2024 - 19:57 0

ށ. ނަރުދޫ ބަނދަރުގެ މަޝްރޫއަށް އެމްޓީސީސީން ގެނައި ސާމާނު ރަށުން ގެންދަން އެ ކުންފުނިން އުޅުމުން، އެ ރަށު ކައުންސިލުން އެކަން ހުއްޓުވައިފި އެވެ.

ނަރުދޫ ކައުންސިލުގެ ނައިބުރައީސް އަލީ ޝަރީފް "އަދަދު" އަށް ވިދާޅުވީ ބަނދަރު ހެދުމަށް ގެނައި ސާމާނު އެންގުމަކާ ނުލައި “ޖަރީމާއެއްގެ” ދަށުން ގެންދަން އުޅުމުން އެކަން ހުއްޓުވާފައިވާ ކަމަށެވެ.

"އެހެން ރަށަކަށް ގެންދަން އުޅުމުން ކައުންސިލުން ހިފެހެއްޓީ. މިއީ ހިންގަން އުޅުނު ޖަރީމާއެއް ގޮތަށް ދެކެނީ،" އަލީ ޝަރީފް ވިދާޅުވި އެވެ.

ސާމާނުތައް ގެންދަން އުޅުމުން ކައުންސިލުން އެކަމާ ދެކޮޅު ހެދުމުން ތަކެތި ގެންދަން އުޅުނު މީހުން އެ އެއްޗެހި ބަހައްޓާފައި ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނުނިމި، މިހާރު ބޭނުންކުރާ ބަނދަރު ފުންކޮށް ނުނިމޭ ކަމަށާއި ތަކެތި ގެންދެވޭނީ ބަނދަރުގެ މަޝްރޫއަށް ހައްލެއް ހޯދައިދީފައި ކަމަށެވެ.

ނަރުދޫ ބަނދަރުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިހާރު އޮތް ބަނދަރު ބޮޑުކޮށް، އިތުރު ހިދުމަތްތަކާއެކު އެވެ. އެގޮތުން ބަނދަރު ހެދުމުގެ ބައެއް މަސައްކަތްތައް މިހާރު ވަނީ ނިމިފަ އެވެ.

ނަރުދޫގައި މިހާރު އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ނުކުރެ އެވެ. އެ ރަށުގައި ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަޝްރޫއުގެ އިތުރުން ބަނދަރުގެ މަޝްރޫއު ހިމެނެ އެވެ.