Advertisement

ދިވެހި ދަރިންނަށް ދިވެއްސަކަށް ވީތީ ފަހުރުވެރިވާން ދަސްކޮށްދޭން ޖެހޭ: ނައިބު ރައީސް

7 ސެޕްޓެންބަރު 2024 - 13:29 5

ލީވާން އަލީ ނާސިރު

ލ

Advertisement

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް: ދިވެހި ދަރިންނަށް ދިވެއްސަކަށްވީތީ ފަހުރުވެރިވާން ދަސްކޮށްދޭން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ދިވެހި ދަރިންނަށް ދިވެއްސަކަށް ވީތީ ފަހުރުވެރިވާން ދަސްކޮށްދޭން ޖެހޭ: ނައިބު ރައީސް

7 ސެޕްޓެންބަރު 2024 - 13:29 5

Advertisement

Advertisement

މި ގައުމުގެ މުސްތަގުބަލަށްޓަކައި ގައުމިއްޔަތު އުނގަންނައިދީ ދިވެހި ދަރިންނަށް ދިވެއްސަކަށް ވީތީ ފަހުރުވެރިވާން ދަސްކޮށްދޭން ޖެހޭ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ޖަލްސާގައި ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ދިވެހިބަހުން ރީތިކޮށް ވާހަކަދައްކައި ލިޔެކިޔުމަކީ ކިހާ އުފާވެރި ފަހުރުވެރިކަމެއްކަން ވިސްނައިދޭން ޖެހޭ ކަމަށެވެ.

Advertisement

"ބޮޑުތަކުރުފާނުގެ މުޅި އުމުރުފުޅު ހޭދަކުރެއްވީ ގައުމީ ހިދުމަތުގައި. ޖިހާދުކުރެއްވުމުގައި. ދިވެހީންގެ އަމިއްލަވަންތަކަން ކަށަވަރުކުރެއްވުމުގައި. ދިވެހި ގައުމުގެ މުސްތަގިއްލުކަން ވަރުގަދަކޮށް އެތައް ހާސް އަހަރަކަށް ދެމިއޮންނާނެ ބިންގާތައް މި ގައުމުގައި އެޅުއްވުމުގައި. މިއީ ގައުމީ ދުވަހު އަޅުގަނޑުމެން އެންމެން ފުންކޮށް ވިސްނާ ޢަމަލުކުރަންވީ ގޮތް،" ނައިބު ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ގައުމިއްޔަތު އުނގަންނައި ދިނުމުގައި ޒަމާނީ ވަސީލަތްތައް ބޭނުން ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގައުމީ އެޖެންޑާގެ އަމާޒަކީ ޑްރަގުގެ ވަބާއިން ގައުމު ސަލާމަތް ކުރައްވައި، ގޭންގު ކުށްތަކާ ގާނޫނު މުގުރުމަށް އެއްވެސް ފުރުސަތު ނުދެއްވުން ކަމަށެވެ.

Advertisement

އެގޮތުން ގައުމުގައި އަމާންކަމާއި ސުލްހަމަސަލަސްކަން ޔަގީންކޮށް، ރާއްޖެއަށް އާމްދަނީ ލިބޭނެ އިތުރު ގިނަ ސިނާއަތްތައް ތައާރަފްކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ދައުލަތެއް ބިނާ ކުރުމަކީ ރައީސް މުއިއްޒުގެ އަމާޒު ކަމަށް ނައިބުރައީސް ވިދާޅުވި އެވެ.

ޖަލްސާގައި ނައިބުރައީސް ވަނީ ށ. އަތޮޅުގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން އެންމެ ހިންގުންތެރި ކޮމިޓީތަކަށް ދޭ "މާރެސް" އެވޯޑު ހަވާލުކޮށްދެއްވާފަ އެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އަސްލަމް ޝާކިރު

6 months ago

ދިވެއްސަކަށް ވީތީ ފަހުރުވެރިވާންވެސް ދަސްކޮށްދޭން ޖެހޭތަ؟ ގައުމުދެކެ ލޯބިވުންމަކީ ގަދަކަމުން ކުރެވޭނެ ކަންކަމެއް ނޫން. އެކަން ނުކުންނަން ޖެހޭނޭ އަމިއްލަ ނަފްސުންގެ ތެރެއިން، ހިތުގެ އަޑިން. ކަރުބުޑަށް އަޅައިގެން ހަރެއް ނުލާނެ.

ސައިޚް

6 months ago

ދިވެއްސަކަށް ވީތީ ފަޚުރުވެރިވާން ޖެހެނީ ގާޏޫނު ނުހިނގާ ގައުމެއްވީމަ، ވަގުންނަށް ހިމާޔަތްލިބޭ ގައުމެއްވީމަ، ގޭންގް ހިންގަން ފަސޭހަ ގައުމެއްވީމަ، ރޭގަނޑު ހޭލާ، ދުވާލުނިދާ ، މަސައްކަތެއް ނުކުރާ، ވިޔަފާރިއެއް ނުކުރާ މީހުން މުއްސަނދިވާ ގައުމެއްވީމަ، ދޮގާ، މަކަރާ، ހީލަތް ބަލައިގަންނަ ރައްޔިތުން އުޅޭ ގައުމެއްވީމަ، ފައިސާއަށް ވޯޓު ގަންނަން ލިބޭ ގައުމެއްވީމަ،

ޢަބްދުލްސަމަދު

6 months ago

ދިވެއްސަކަށްވީތީ ފަޚުރުވެރިވާން ދިވެހިންނަށް ދަސްކޮށްދޭން ކޯހެއް ހިންގަންފެނޭ. އަދި އެކޯހުގަ ބައިވެރިވާން ދިވެހިންނަށް މަޖުބޫރުކޮށް ކޯސްހިންގާ ކިޔަވާދެއްވަންވާނީ ގައުމުގެ ރައީސާއި ނާއިބުރައީސާއި މަޖިލިހުގެ ރައީސް.

ގައުމީ

6 months ago

ދިވެއްސަކަށްވީތީ ފަޚުރުވެރިވާންޖެހޭ ސަބަބެއް އެބަ އޮތްތޯ؟

ޢަބްދުު

6 months ago

އަހަރެމެން ފަހުރުވެރިވޭ އަބަދުވެސް،، މި ބޭފުޅުން ހަދާން ނުހުރޭ މަގުމަތީ އެހެން މީހުންނަން އުނދަގޫ ކުރަމުން ދިޔަ އިރު