Advertisement

ރަސްފަންނުގައި ހުއްދަ ނުނަގައި އިމާރާތެއް ހަދާތީ ސިޓީ ކައުންސިލުން އެކަން ހުއްޓުވަނީ

7 ސެޕްޓެންބަރު 2024 - 13:59 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރަސްފަންނުގައި ހުންނަ ޓޭކްއަވޭތަން އިމާރާތްކުރަނީ: އެތަން އިމާރާތް ކުރަމުން އަންނަނީ ސިޓީ ކައުންސިލުން ހުއްދަ ނުނަގައި -- ފޮޓޯ: އަދަދު


ރަސްފަންނުގައި ހުއްދަ ނުނަގައި އިމާރާތެއް ހަދާތީ ސިޓީ ކައުންސިލުން އެކަން ހުއްޓުވަނީ

7 ސެޕްޓެންބަރު 2024 - 13:59 0

ރަސްފަންނުގައި ހުއްދަ ނުނަގައި އިމާރާތެއް ހަދާތީ އެކަން ހުއްޓުވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ރަސްފަންނުގައި ހުންނަ ހަޓުތަކާއި ޓޭކްއަވޭ ތަންތަން ބަލަހައްޓައި މެނޭޖް ކުރަމުން އަންނަނީ އެމްޓީސީސީންނެވެ. އެގޮތުން ޓޭކްއަވޭ ތަންތަން އެ ކުންފުނިން މެނޭޖްކުރަނީ އެހެން ކުންފުނިތަކާ ހަވާލުކޮށްގެންނެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ހުއްދަ ނުނަގައި ރަސްފަންނުގައި އިމާރާތް ކުރަމުންދަނީ އެތަނުގައި ހުންނަ ޓޭކްއަވޭ ތަނެކެވެ. އެތަނުގައި އަލުން އިމާރާތްކުރަން ފެށި ކުރިން ދީފައި ހުރި މުއްދަތު ހަމަވެގެން، އެހެން ބަޔަކާ އެތަން ހަވާލުކޮށްގެންނެވެ.

"އެމްޓީސީސީއަށް އެތަން ދީފައި އޮންނަނީ. ހަޓުތަކާއެކު މެނޭޖުކުރަން. ކައުންސިލުން އެތަން ހެދުމަށް ހުއްދައެއް ދީފައެއް ނެތް. އެއްވެސް އިމާރާތެއް މާލޭގައި ހަދަންޏާ ސިޓީ ކައުންސިލުގެ ހުއްދައާއެކު ކުރެވޭނީ،" މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ހުރިހާ ކަމެއް ވެސް ކުރަން ޖެހޭނީ ގަވާއިދަށް ކަމަށާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރާނަމަ އެކަން ސިޓީ ކައުންސިލުން ހުއްޓުވާނެ ކަމަށެވެ.

މިކަމާ ގުޅިގެން އެމްޓީސީސީގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅައި މެސެޖު ކުރުމުން ވެސް އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.