Advertisement

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުން ރިޒްނާ އިސްތިއުފާ ދީފި

5 ސެޕްޓެންބަރު 2024 - 15:12 3

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުން ރިޒްނާ އިސްތިއުފާ ދީފި

5 ސެޕްޓެންބަރު 2024 - 15:12 3

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި އައިޝަތު ރިޒުނާ އިސްތިއުފާ ދެއްވައިފި އެވެ.

ޝަރުއީ ދާއިރާގެ އިދާރީ ކަންކަމުގެ އިސްވެރިޔާގެ މަގާމުން އިސްތިއުފާ ދެއްވައި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް ހުސައިން ރިޒާއަށް ފޮނުއްވި ސިޓީގެ ކޮޕީއެއް "އަދަދު" އަށް ވަނީ ލިބިފަ އެވެ. ސިޓީގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި އޭނާ މަގާމުން އިސްތިއުފާދެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގަން ތަންޒީމުކޮށްފައިވާ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ތެރެއިން ޖޭއެސްސީއާ އެކު މަސަައްކަތް ކުރެއްވޭނެ މާހައުލެއް ނެތް ކަމަށް ގަބޫލުކުރައްވައިގެންނެވެ.

"ޝަރުއީ ދާއިރާގެ އިދާރީ ހިންގުމާގުޅޭ ގޮތުން ޕޮލިސީ ލެވެލްގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އީޖާބީ ތަސައްވުރެއް ހާމަކުރައްވާފައިނުވާކަމާއި މާނަވީ ގޮތެއްގައި އިރުޝާދެއް ނުވަތަ ލަފަޔެއް ވެސް މިހާތަނަށް ލިބިފައި ނުވާކަންވެސް ފާހަގަކުރަން،" އިސްތިއުފާގެ ސިޓީގައި ރިޒްނާ ވިދާޅުވި އެވެ.

ޖޭއެސްސީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމެޓީން ނިންމަންޖެހޭ ކަންކަމުގައި ވެސް ނިންމުންތައް ނިންމަ ވާފައި ނުވާ ކަަމަށާއި އެކަން ހައްލުކުރަން މިހައި ތަނަށް ކުރެވުނު މަސައްކަތްތަކުން އެކަށީގެންވާ ނަތީޖާ އެއް ލިބިފަ އިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޖުޑީޝަރީގެ އިދާރީ ހިންގުމާގުޅޭ މުހިންމު ކަންކަން ކުރިއަށް ގެންދަން އެކަމުގެ ސަބަބުން ހުރަސްއެޅިފައިވާ ކަމަށް ވެސް ސިޓީގައި ރިޒްނާ ވިދާޅުވި އެވެ.

ރިޒުނާ ވަނީ މީގެކުރިން ސިވިލް ކޯޓާއި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމުވެސް ފުރުއްވާފަ އެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމާ ހަވާލުވުމުގެ ކުރިން އޭނާ ހުންނެވީ ޔޫއެންޑީޕީގެ އެސިސްޓަންޓް ރެޕްރެޒެންޓޭޓިވްގެ މަގާމުގަ އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ރިޒްނާ އައްޔަން ކުރީ ސެޕްޓެމްބަރު 27، 2020 ގަ އެވެ.