Advertisement

އިރާގުގައި 27 އަހަރަށް ފަހު ބޯހިމަނަން ކާފިއު އިއުލާން ކުރަނީ

2 ސެޕްޓެންބަރު 2024 - 07:58 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިރާގުގެ މަގުތަކަށް ރައްޔިތުން އެއްވެފައި: އެ ގައުމުގައި ބޯހިމެނުމުގެ މަސައްކަތް ނޮވެމްބަރު މަހު ކުރިއަށް ގެންދަން ވަނީ ނިންމާފައި -- ފޮޓޯ: އޭއެފްޕީ


އިރާގުގައި 27 އަހަރަށް ފަހު ބޯހިމަނަން ކާފިއު އިއުލާން ކުރަނީ

2 ސެޕްޓެންބަރު 2024 - 07:58 0

އިރާގުގައި 27 އަހަރަށް ފަހު ބޯހިމަނަން ދެ ދުވަހުގެ ކާފިއުއެއް އަންނަ ނޮވެމްބަރު މަހު އިއުލާން ކުރަން ނިންމައިފި އެވެ.

އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިއާ އަލް ސޫދާނީ ވިދާޅުވީ ބޯހިމެނުމަށް ކާފިއު އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު، 20 އަދި 21 ކަމަށާއި އެއާއެކު މުޅި ގައުމުގެ އާބާދީ އެނގިގެންދާނެ ކަމަށެވެ.

"ބޯހިމަނައި އާބާދީ ދެނެގަތުމަށް ކާފިއު އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ އިރާގުގެ ހުރިހާ ޕްރޮވިންސެއްގައި،" ބޮޑުވަޒީރު ވިދާޅުވި އެވެ.

އިރާގުގެ މީޑިއާތަކުން ބުނީ ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކުރަން ޖެހޭ މަސައްކަތްތައް އިދާރާތަކާއި މިނިސްޓްރީތައް ގުޅިގެން ފަށާފައިވާ ކަމަށެވެ.

އެންމެ ފަހުން އިރާގުގައި ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދަން މަސައްކަތް ކުރީ 2010 ގައެވެ. ނަމަވެސް އެފަހަރު އެ މަސައްކަތް ހުއްޓައިލީ އުފެދުނު މައްސަލަތަކާ ގުޅިގެންނެވެ.

ބޯހިމެނުމުގެ މަސައްކަތް އިރާގުން ކުރިއަށް ގެންދަނީ ޔުނައިޓެޑް ނޭޝަންސްގެ ޕޮޕިއުލޭޝަން ފަންޑް މެދުވެރިކޮށެވެ.

އިރާގުގައި އެންމެ ފަހުން ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ 1997 ގައެވެ. އެފަހަރު 18 ޕްރޮވިންސްގެ ތެރެއިން ބޯހިމެނުން ކުރިއަށް ގެންދެވުނީ 15 ޕްރޮވިންސެއްގަ އެވެ.

އަންދާޒާ ކުރެވޭ ގޮތުގައި އިރާގުގެ މިހާރު އާބާދީއަކީ 43 މިލިއަނެއްހާ މީހުންނެވެ.