Advertisement

ސިއްހަތަށް ފައިދާހުރި ކާބޯތަކެތި އެއް ހަރަކުން ހޯދުމަށް ވިލާ މާޓް

5 ސެޕްޓެންބަރު 2024 - 17:07 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވިލާ މާޓުން ސިއްހަތަށް ފައިދާ ހުރި ހާއްސަ ރެކެއް ތައާރަފްކުރުން -- ފޮޓޯ: ވިލާ މާޓް


ސިއްހަތަށް ފައިދާހުރި ކާބޯތަކެތި އެއް ހަރަކުން ހޯދުމަށް ވިލާ މާޓް

5 ސެޕްޓެންބަރު 2024 - 17:07 0

ފެންވަރު ރަނގަޅު ދިރިއުޅުމެއްގައި އުޅެން ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ކޮންމެ މީހަކު ވެސް ބޭނުންވެ އެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބެލެންސްޑް ޑައިޓް އަދި އިންފޮމޭޓެޑް ފުޑް ޗޮއިސްއިން ދާއިމީ ބަލިތަކުގެ ނުރައްކާ ކުޑަކޮށް، ހަކަތައިގެ މިންވަރު މަތިކޮށް އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް މަގުފަހިވެ އެވެ.

ރާއްޖޭގައި ސިއްހީ ކަންބޮޑުވުންތައް އިތުރުވެ، ސިއްހަތަށް ފައިދާހުރި ކާބޯތަކެތި ބޭނުންވާ މިންވަރު އިތުރުވަމުން އަންނަ ދުވަސްވަރެއްގައި ރަނގަޅު ކާބޯތަކެތި ފަސޭހަކަމާއެކީ ލިބުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އެ މުހިއްމުކަން ދެނެގަނެ ވިލާމާޓުން ސިއްހީ މައްސަލަތައް ހުންނަ މީހުންނަށް ހާއްސަކޮށްގެން ރެކެއް ވަނީ ތައާރްކޮށްފަ އެވެ. އެއީ އިތުރުވަމުންދާ ސިއްހަތަށް ފައިދާހުރި ކާބޯތަކެތީގެ ޑިމާންޑަށް ފެތޭ ރެކެކެވެ.

ވިލާ މާޓުން ސިއްހަތަށް ފައިދާ ހުރި ހާއްސަ ރެކެއް ތައާރަފްކުރުން -- ފޮޓޯ: ވިލާ މާޓް


އެ ރެކުގައި ހިމެނޭ ނިއުޓްރިއަސް ޕްރޮޑަކްޓްތަކުގެ ތެރޭގައި ޓްރޮޕިކަލް ސްލިމް ޑައިބެޓިކް ޝުގާ، މައި ބިސްކަޓްގެ ޑައިޖެސްޓިވް ބިސްކޯދު، މޫސްލީ، ލެކްޓޯސް ފްރީ މިލްކް، ބްރައުން ރައިސް އަދި ލޯ ފެޓް ޔޯގަޓް ހިމެނެ އެވެ.

އޭގެއިތުރުން ސިއްހަތަށް ފައިދާހުރި އިތުރު ޕްރޮޑަކްޓްތައް ވެސް އެ ރެކުން ލިބެން ހުންނާނެ ކަމަށް ވިލާ މާޓުން ބުނެ އެވެ.

ވިލާ މާޓުން ތަނަވަސްކޮށްދިން މި ފުރުސަތާއެކު ކަސްޓަމަރުންނަށް ފަސޭހައިން ހަރަކުން ސިއްހަތަށް ފައިދާހުރި ކާބޯތަކެތި ލިބި، ވަގުތު ސަލާމަތްވާނެ ކަމަށް އެ ފިހާރައިން ބުނެ އެވެ.

ވިލާ މާޓުން ސިއްހަތަށް ފައިދާ ހުރި ހާއްސަ ރެކެއް ތައާރަފްކުރުން -- ފޮޓޯ: ވިލާ މާޓް


އެކި ބާވަތްތަކުގެ ކާބޯތަކެތި އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭ ވިލާ މާޓް ފިހާރަތަކަކީ ވިލާ ޓްރޭޑިން ގެ ދަށުން ހިންގާ ރީޓެއިލް އައުޓްލެޓްތަކެވެ. އެ ފިހާރަތައް މާލޭގެ އިތުރުން ހުޅުމާލޭގައި ހުރެ އެވެ.

ވިލާ މާޓުތަކުން ލިބޭ ހުރިހާ އެއްޗެއްގެ މައުލޫމާތު އެ ފިހާރައިގެ ވެބްސައިޓުން އަދި އެޕްލިކޭޝަނުން ވެސް ބަލާލައި އޯޑަރު ކޮށްލެވެ އެވެ. އަދި މާލެއާއި ހުޅުމާލެއަށް ޑެލިވަރީ ވެސް ކޮށްދެ އެވެ.