Advertisement

ބެސްޓިނެޓާއެކު އެއްބަސްވުމެއް ހެދީ، އެ ކުންފުންޏަށް ބަދަލުދޭންޖެހޭތީ: އިހުސާން

29 އޮގަސްޓު 2024 - 13:40 0

ލީވާން އަލީ ނާސިރު

ލ

Advertisement

އަލީ އިހުސާން: ބެސްޓިނެޓާއެކު އެއްބަސްވުމެއް ހެދީ، އެ ކުންފުންޏަށް ބަދަލުދޭންޖެހޭތީ ކަމަށް ވިދާޅުވި -- ފޮޓޯ: ހޯމް މިނިސްޓްރީ


ބެސްޓިނެޓާއެކު އެއްބަސްވުމެއް ހެދީ، އެ ކުންފުންޏަށް ބަދަލުދޭންޖެހޭތީ: އިހުސާން

29 އޮގަސްޓު 2024 - 13:40 0

Advertisement

Advertisement

މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު އެސްޕެޓް ސިސްޓަމެއް ހަދަން އެއްބަސްވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހެދި އެއްބަސްވުން ކުރިއަށް ނުގޮސް، ގެއްލުމުގެ ބަދަލު ދޭން ޖެހޭތީ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެ އެއްބަސްވުމާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި 13.7 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދޭންޖެހޭތީ، އެއްފަހަރާ އެ ފައިސާ ދެއްކެން ނެތުމުން އޭގެ ބަދަލުގައި އާ އެކްސްޕެޓް ސިސްޓަމެއް ގާއިމު ކުރުމުގެ އެއްބަސްވުމަކަށް ދިޔައީ ކަމަށެވެ.

Advertisement

"އެ މީހުން ރާއްޖެއަށް ދީފައި އޮތީ ދެ އޮޕްޝަނެއް. އެއް އޮޕްޝަނަކީ 13.7 މިލިއަން ޑޮލަރުގެ އެމީހުންނަށް ލިބުނު ބިޒްނަސް ލޮސް އެވަގުތަށް ދައްކާފައި އަދި ފަހުން 15 އަހަރު ދުވަހަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުން. އެއީ ކިހާ އަދަދެއް ކަމެއް ވެސް ނޭނގޭ. ދެވަނަ އޮޕްޝަނަކަށް ދީފައި އޮތީ އެހެން ހިދުމަތްތަކާއެކުގައި ފޮރިން ޕްލޭސްމަންޓް ސިސްޓަމެއް ރާއްޖޭގައި ގާއިމުކުރުން،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ގެންނަ ބިދޭސީ މަސައްކަތްތެރިންގެ ޕްރޮސެސް ފުރިހަމަ ކުރަން ބެސްޓިނެޓްއާއެކު 15 އަހަރުގެ މުއްދަތަކަށް އެއްބަސްވުމެއް ހަދަން ޔާމީންގެ ސަރުކާރުގައި މަސައްކަތް ފެށީ އޮކްޓޯބަރު، 31، 2015 ގަ އެވެ. އެހެން ނަމަވެސް 2019 ގައި ރާއްޖެއަށް ބަންގްލަދޭޝްއިން މީހުން އެތެރެކުރުން ހުއްޓުވަން ނިންމުމާއެކު އެ އެއްބަސްވުމަށް އަމަލު ކުރުން އޮތީ ހުއްޓިފައި ކަމަށެވެ.

މިދިޔަ ސަރުކާރާއެކު އެއްބަސްވުމަށް ދެން ހަދާނެ ގޮތަކާމެދު ބެސްޓިނެޓުން އެކި ފަހަރު މަތިން ކުރީ ސަރުކާރަށް ލޯޔަރުން މެދުވެރިކޮށް ލިޔެކިޔުން ބަދަލުކުރިކަން ފެންނަން އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

ވިދާޅުވީ ބެސްޓިނެޓުން ހުށަހެޅި ޕްރޮޕޯޒަލްތައް ދިރާސާކޮށް އެސްޕެޓް އެ ކުންފުނީގެ އެސްޕެޓް ސިސްޓަމެއް ގާއިމުކުރަން މި ސަރުކާރަށް އެއްބަސްވުމަކަށް އާދެވިފައި ވަނީ މިނިސްޓަރު ވިދާޅުވި ގޮތުގައި މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

އެކްސްޕެޓް ސިސްޓަމަށް 50 ޕަސަންޓެއްހާ މީހުން ފައިސާ ބަރާބަރަށް ދައްކާއިރު 685 މިލިއަން ރުފިޔާ ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް މިހާރު ލިބޭކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އާ ސިސްޓަމާއެކު އެ އަދަދު 90 ޕަސަންޓު އިތުރު ކުރެވޭ ކަމަށެވެ.

"ކުރިން ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބެމުން އައި 685 މިލިއަން ރުފިޔާގެ ބަދަލުގައި އަޅުގަނޑުމެންގެ އަންދާޒާއަކީ ދައުލަތަށް އޭރަށް ލިބޭނެއޭ 927 މިލިއަން ރުފިޔާ،" އިހުސާން ވިދާޅުވި އެވެ.

އާ ސިސްޓަމް އަންނަ ފެބްރުއަރީ މަހު ބޭނުން ކުރަން ފެށޭނެ ކަމަށާއި އެއާއެކު ކުރިން ސަރުކާރުން ހަރަދުތައް ކުރަމުން އައި މުވައްޒަފުންގެ މުސާރައަށް ވެސް ހޭދަ ކުރަން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.