Advertisement

އެމްއާރުއެމް އުވައިލަން އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް ނިންމައިފި

25 އޮގަސްޓު 2024 - 19:43 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް. އެމްއާރުއެމް އުވައިލަން މިދިޔަ އަހަރުވެސް އިލެކްޝަނުން ނިންމި -- ފޮޓޯ: އަދަދު


އެމްއާރުއެމް އުވައިލަން އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް ނިންމައިފި

25 އޮގަސްޓު 2024 - 19:43 0

ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިޕޯމް މޫވްމެންޓް (އެމްއާރުއެމް) ގައި ގާނޫނު ލާޒިމު ކުރާ އަދަދަށް މީހުން ހަމަ ނުވާ ކަމަށް ކަނޑައަޅައި، އެ ޕާޓީ އުވައިލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަނެއްކާ ވެސް ނިންމައިފި އެވެ.

އެމްއާރުއެމް އުވައިލަން ނިންމާފައިވާކަން އީސީން އިއުލާނު ކުރީ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.

"ސިޔާސީ ޕާޓީގެ ޤާނޫނު ލާޒިމުކުރާ ޢަދަދަށް 3000 (ތިންހާސް) މެންބަރުން ހަމަވެފައިނުވާތީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އުވާލުމަށް ކޮމިޝަނުން ވަނީ ނިންމާފައި." އީސީގެ ޕޯސްޓުގައި ބުންޏެވެ.

ސިޔާސީ ޕާޓީއެއްގައި ތިބެންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާން ކުރާ އަދަދު ހަމަނުވާ ކަމަށް ކަނޑައަޅައި މިދިޔަ އަހަރުގެ މެއި 24 ގައި ވެސް އެމްއާރުއެމް އުވައިލަން އީސީން ނިންމި އެވެ. އޭރު އީސީން ބުނީ އެގޮތަށް ނިންމީ މެމްބަރުން ހަމަކުރަން ދިން ފުރުސަތުގައި ވެސް އެ އަދަދަށް މެމްބަރުން ހަމަނުކުރެވުމުން ކަމަށެވެ.

ނަމަވެސް އީސީން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުން އެމްއާރުއެމް އުވައިލަން އީސީން ނިންމި ނިންމުން ބާތިލު ކުރަން ސިވިލް ކޯޓުން ވަނީ ފެބްރުއަރީ 12 ގައި ހުކުމް ކޮށްފަ އެވެ.

އެމްއާރުއެމްއަކީ ކުރީގެ ރައީސް މައުމޫންއަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެއްލުމުން އުފެއްދި ޕާޓީއެކެވެ.