Advertisement

ސާފުތާހިރުކަން ދަށްވުމުން ހުޅުމާލެއިން އަށް ތަނެއް ބަންދުކޮށްފި

25 އޮގަސްޓު 2024 - 19:08 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހުޅުމާލެ ފޭސް 2 އިން ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭ ތަނެއް ބަންދުކުރުން: އެޗްޕީއޭއިން ވަނީ އަށް ތަނެއް ބަންދުކޮށްފައި -- ފޮޓޯ: އަދަދު


ސާފުތާހިރުކަން ދަށްވުމުން ހުޅުމާލެއިން އަށް ތަނެއް ބަންދުކޮށްފި

25 އޮގަސްޓު 2024 - 19:08 2

ކެއިންބުއިމުގެ ހިދުމަތްދޭން އެކަށީގެންވާ ވަރަށް ވުރެ ސާފުތާހިރުކަން ދަށްވުމުން، ހުޅުމާލެ ފޭސް 2 އިން އަށް ތަނެއް ބުރާސްފަތި ދުވަހު ބަންދުކޮށްފި އެވެ.

އެތަންތަނުގެ ސާފުތާހިރުކަން ހުރި ނެތް ގޮތް ބެލީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި އިމިގްރޭޝަން އަދި ހެލްތު މިނިސްޓްރީގެ ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް އޮޕަރޭޝަންގަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެތަންތަން ބަންދުކުރީ ސާފުތާހިރުކަން ދަށްވުމުގެ ސަބަބުން އާއްމު ސިއްހަތަށް ނުރައްކާވެދާނެތީ ކަމަށެވެ.

"ބަންދުކުރެވިފައިވާ ތަންތަނަކީ އާންމު ސާފުތާހިރުކަން ދަށްވުމުގެ ސަބަބުން އާއްމު ސިއްހަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބަންދުކުރެވިފައިވާ ތަންތަން،" އެޗްޕީއޭއިން ބުންޏެވެ.

ހުޅުމާލެ ފޭސް 2 އިން ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭ ތަނެއް ބަންދުކުރުން: އެޗްޕީއޭއިން ވަނީ އަށް ތަނެއް ބަންދުކޮށްފައި -- ފޮޓޯ: އަދަދު


"އަދަދު" އަށް އެނގިފައިވާ ގޮތުގައި ބަންދުކުރި ތަންތަނުގެ ތެރޭގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ބައެއް ތަންތަނުގައި ހިންގާ ކެފޭއެއް ހިމެނެ އެވެ.

ޖޮއިންޓް ޓާސްކްފޯސްގެ ދަށުން އަންނަނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ތަންތަނާއި، ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭ ތަންތަން ހޯދައި، އެތަންތަން ބަންދު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އޭގެއިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނުގެ ދަށުން ބާރުތަކެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ލިބި، ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ކުރިން ވަނީ ވިދާޅުވެފަ އެވެ.