Advertisement

އެމްއައިބީއިން ކުޑަގިރީގައި 1،000 ގަސް އިންދަނީ

21 އޮގަސްޓު 2024 - 18:20 0

ލީވާން އަލީ ނާސިރު

ލ

Advertisement

އެމްއައިބީއިން ކުޑަގިރީގައި 1،000 ގަސް އިންދަން ކްލީން މޯލްޑިވްސް ޖަމިއްޔާއާ ހަވާލުކުރުން -- ފޮޓޯ: އެމްއައިބީ


އެމްއައިބީއިން ކުޑަގިރީގައި 1،000 ގަސް އިންދަނީ

21 އޮގަސްޓު 2024 - 18:20 0

Advertisement

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާލެ ސަރަހައްދުގެ ރައްޔިތުން އާއްމުކޮށް ދަތުރު ދިޔުމަށް ބޭނުންކުރާ ކުޑަގިރި ޕިކްނިކް އައިލެންޑުގައި 1،000 ގަސް އިންދަން ކްލީން މޯލްޑިވްސް ޖަމިއްޔާއާއިއެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮއްފި އެވެ.

އެމްއައިބީގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެ ފަހުމްނާމާގައި ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ އެމްޑީ އަދި ސީއީއޯ މުފައްދަލް އިދުރީސް ހުމްރީ އެވެ. އަދި ކްލީން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސާ ހަފްސްތު އަލީމް އެވެ.

Advertisement

"ފަހުމްނާމާގެ ދަށުން ގަސް އިންދުމުގެ އިތުރުން ގަސް އިންދުމަށް އެކި ރައްރަށުގެ ރައްޔިތުން އަހުލު ވެރިކުރުވުމާއި އެކު ރަށް ރަށުގައި ގަސްއިންދުމުގެ ޕްރޮގްރާމްތައް ކުރިޔަށް ދާނެ،" އެމްއައިބީން ބުންޏެވެ.

އެމްއައިބީން މިފަދަ މުޖުތަމައުއަށް ބޭނުންތެރި ކަންކަން އަބަދުވެސް އަންނަނީ ކުރަމުންނެވެ.

އެމްއައިބީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިދުމަތްދީ، ބޭންކުން ދޭ ހިދުމަތްތައް ފުޅާ ކުރަމުންނެވެ.

Advertisement

މީގެ އިތުރުން އެ ބޭންކުގެ ހުރިހާ ހިދުމަތަކަށް އޮންލައިންކޮށް އެދެވޭއިރު ބޭންކަށް ނުގޮސް ވިޔަފާރި އެކައުންޓު ހުޅުވުމުގެ ހިދުމަތްވެސް އެބޭންކުން ދެއެވެ.