އާބަން ޑިވެލޮޕްމަންޓް ބިލުން ލާމަރުކަޒީ ނިޒާމު މަރާލާނެ: ފައްޔާޒު

21 އޮގަސްޓު 2024 - 17:28 1

މުހައްމަދު އުޝާމް

މ

އެމްޑީޕީހެ ޗެއާޕާސަން ފައްޔާޒު. ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލުތަކާ މެދު ކަންބޮޑުވުން ފާޅުކުރެއްވި ---


އާބަން ޑިވެލޮޕްމަންޓް ބިލުން ލާމަރުކަޒީ ނިޒާމު މަރާލާނެ: ފައްޔާޒު

21 އޮގަސްޓު 2024 - 17:28 1

އާބަން ޑިވެލޮޕްމަންޓް ނަމުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ލާމަރުކަޒީ ނިޒާމު މަރާލާނެ ބިލެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ މާއްދާއެއްގައި އާބަން ސެންޓަރުގެ ގޮތުގައި ކަނޑައެޅޭ ބައެއް ސަރަހައްދުތަކުގެ ކަންކަން ސަރުކާރަށް ނިންމޭ ގޮތަށް އޮތުމުން ބައެއް ކައުންސިލަރުން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ ބިލު އޮތް ގޮތަށް ފާސްކޮށްފިނަމަ ކައުންސިލްތަކަށް މިދިޔަ ފަސް އަހަރު ދީފައިވާ ގިނަ ބާރުތަކެއް ގެއްލިގެން ދާނެ ކަމަށެވެ.

"އާބަން ޑިވެލޮޕްމަންޓް ޕްލޭންގެ ބިލުގައި ހިމަނާފައިވާ އެންމެ މާއްދާއަކުން، އަޅުގަނޑުމެން ކައުންްސިލަރުންނަށް ވޭތުވެދިޔަ ފަސް އަހަރު ދީފައިވާ ހަގީގީ ބާރުވެރިކަމާއި މިިނިވަންކަން، އެއީ މާލީ ބާރުވެރިކަމާއި އިގުތިސޯދީ ކަންކަން ކަނޑައަޅަން ނިންމުމުގެ ބާރު އެއްކޮށް ނަގާނެ ބިލެއް،" ފައްޔާޒު ވިދާޅުވި އެވެ.

"މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ބިލަކީ ހަގީގަތުގައި މުޅި ލާމަރުކަޒީ ނިޒާމު މަރާލާނެ ބިލެއް،"

ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެސީ ދެމެހެއްޓުމުގައި ކައުންސިލަރުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. ކައުންސިލަރުންގެ ބާރު ކުޑަ ކުރުމަކީ މުޅި ޑިމޮކްރެޓިކް ނިޒާމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ފައްޔާޒު ސިފަކުރެއްވި އެވެ.

"ހިތާމަ ހުރި ކަމެއް، ކަންބޮޑުވުން ހުރި ކަމެއް، އަދި އަޅުގަނޑުމެންނަކަށް އަތް އުރާލައިގެން ތިބެވެން އޮތް ކަންކަމެއް ވެސް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ސަހަރޯ

8 months ago

އެއްގޮތަކަށްވެސް މާބޮޑެތި ބާރުތަކެއް ސަތޭކައެއްހައި މީހުން ބަލަހައްޓަންޖެހޭ ކައުންސިލްތަކެއް ބާރުތަކެއްދޭނެ ކަމެއްނެތް، ތިޔަ ބާރުތައް ދީގެން ވީ ތަައްގީއެއް ފެންނާކަށްނެތް. ބާރުތަކުން ގައުމަށްވީ ގެއްލުން. ކަރަޕްޝަން ބޮޑުވެ ބައެއްގެ ޖީބުތައް ބޮޑުވުންފިޔަވައި، ބާރުތަކުން ގައުމަށް ލިބުނު މަންފާއެްްނެތް. އަވަހަށް ކައުންސިލްތައް އުވާލައްވާ،