21 އޮގަސްޓު 2024 - 06:58 0
ލީވާން އަލީ ނާސިރު
ލިލީއިން ވިއްކާ ސަންކުއިކްގެ ކުދި ޕެކެޓް: ވަގުތުން ބޯލެވޭނެ
21 އޮގަސްޓު 2024 - 06:58 0
ދިވެހިންގެ ޒަމާންވީ "އެކުވެރިޔާ"، ސަންކްއިކް ޖޫސް ބޯލަން މާ ފަސޭހަ ވެއްޖެ އެވެ. އާންމުކޮށް ބޭނުންކުރަމުން ދިޔަ ފުޅީގައި ބަންދުކޮށްފައިވާ ޖޫހާއި ފެން، އެއްކޮށްގެން ޖޫސް ތަށި ގިރާލަން ނުޖެހި، ވަގުތުން ބޯލެވޭ ގޮތަށް ކުދި ޕެކެޓުގައި މި ޖޫސް ބަންދުކޮށް، ރާއްޖޭގެ ބާޒާރަށް ވަނީ ނެރެފަ އެވެ.
ރާއްޖޭގެ މާކެޓްގައި ވެސް އެތައް އަހަރެއް ވެފައިވާ ސަންކްއިކު ޖޫހުގެ އާ އުފެއްދުމެއްގެ ގޮތުގައި ބާޒާރާ ނެރެފައިވާ "ސަންކުއިކް ރެޑީ ޓު ޑްރިންކް"ގެ 125 އެމްއެލްގެ ޕެކެޓާއި 200 އެމްއެލްގެ ޕެކެޓު ގެ އެކި ރަހަތައް އެބަ ހުއްޓެވެ.
މި އުފެއްދުމުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރަކީ ލިލީ ސްޓޯރެވެ.
ސަންކްއިކް ޖޫހަކީ ތައްޔާރީ ކުލަތަކާއި، ރަހަތަކާއި، ފޮނިކަން ގެނެސްދޭ ތައްޔާރީ މާއްދާތައް އަދި ޕްރިޒަވޭޓިވްސް ބޭނުން ނުކޮށް އުފައްދާ ޖޫހެކެވެ.
މި ޕެކްޓުގެ މީރު ރަހަތައް ގޭގައި، ސްކޫލުގައި ނުވަތަ ދަތުރު ދާއިރު ބޭނުން ކުރުމަށް ވެސް ފަސޭހަ އެވެ. މި ޕެކެޓު ވަގުތުން ބޯލެވޭނެ އެވެ. ރަހަވެސް އެހާމެ މީރެވެ.
Comment