Advertisement

ރޯދަ ހޮވުން: ލިލީ ސްޓޯރުގެ 5 އުފެއްދުން

about 18 hours 1


ރޯދަ ހޮވުން: ލިލީ ސްޓޯރުގެ 5 އުފެއްދުން

about 18 hours 1

ބަރަކާތްތެރި ރޯދަމަހަށް ތައްޔާރުވުމުގެ ފޯރި މުޅި ރާއްޖޭގައި ގަދަވަމުން އަންނައިރު، ކޮންމެ ބަދިގެއަކަށްވެސް މިވަގުތު އެންމެ މުހިންމީ އިތުބާރު ހުރި މީރު އުފެއްދުންތަކެވެ. "ލިލީ އެންޓަޕްރައިޒަސް" އިން މިވަނީ މިފަހަރުގެ ރޯދަމަހަށް ހާއްސަ، ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު 5 އުފެއްދުމެއް "ރޯދަ ހޮވުން" ތަކުގެ ގޮތުގައި އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

ރޯދަމަހުގެ ސުފުރާ ފަޅުފިލުވައިދޭނެ އެންމެ ފާހަގަކޮށްލެވޭ ބާވަތްތަކަށް ބަލާލަމާ ހިނގާށެވެ.

1. އޯލާ ގެރިކިރު: ފޮނިކާތަކެއްޗަށް އިތުރު ފުރިހަމަކަމެއް

ބަދިގޭގެ ކަންކަމާއި ސުފުރާތައް ތައްޔާރުކުރުމުގައި 'އޯލާ' ގެރިކިރަކީ މިހާރު ދިވެހިންގެ މެދުގައި ހަނދާން ނައްތާނުލެވޭނެ ނަމަކަށް ވަނީ ވެފައެވެ. ރޯދަމަހަކީ ތަފާތު ވައްތަރުގެ ފޮނިކާތަކެއްޗާއި، ފަނި ގިރުމާއި، އަދި ހާއްސަ ޑިޝްތައް ތައްޔާރުކުރާ މަހަކަށް ވާއިރު، އޯލާ ކިރުގެ ކްރީމީ މީރު ރަހައަކީ އެފަދަ ކޮންމެ ކެއުމަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ސިއްރެކެވެ. ހާއްސަކޮށް ދިވެހިންގެ މެދުގައި މަގުބޫލު ކަސްޓަޑް، ޕުޑިން، އަދި ތަފާތު ފުރުޓް ސެލަޑްތައް ތައްޔާރުކުރުމަށް އޯލާ ކިރު ފުރިހަމަ ކަމެއް ގެނެސްދެ އެވެ. އަދި މި ގެރިކިރުން ބައެއް ބާވަތްތަކުގެ ވިޓަމިން ވެސް ލިބިގެންދެއެވެ.

މަހާރާނީ ބާސްމަތި ހަނޑޫ: ބަދިގެތަކުގެ "ރަނި"

މީގެ 42 އަހަރު ކުރިން އުފެއްދި "މަހާރާނީ" ބާސްމަތި ހަނޑުލަކީ ދުނިޔޭގެ އެތައް ގައުމެއްގައި އެންމެ މަގުބޫލް ބްރޭންޑެވެ. މި ހަނޑޫ ހާއްސަވަނީ އޭގެ ފެންވަރު ރަނގަޅުވުމާއި ސިއްހީ ފައިދާގެ ސަބަބުންނެވެ. މިއީ ފެޓް މަދު، ކޮލޮސްޓްރޯލް އެކުލެވޭ މިންވަރު ވެސް މަދު ހަނޑުލަކަށް ވުމުން، ބަރުދަން އެއް ހަމައެއްގައި ހިފަހައްޓައި، ހިތުގެ ދުޅަހެޔޮ ކަމަށް އެހީތެރިވެދެއެވެ. މިއީ ހަޖަމްވުމަށް ވަގުތު ނަގާ ހަނޑުލަކަށް ވުމާއެކު، އަވަހަށް ބަނޑުހައިވުމުން ދުރުކޮށްދީ، ހަކަތަ ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. ގަރުދިޔަ، ރިހާކުރު، އަދި ކޮންމެ ކަހަލަ ރިހަޔަކާއެކުވެސް މިއީ ފުރިހަމަ ރަހައެކެވެ. މި މަރުކާގެ ޑައިބެޓިކް މީހުންނަށް ވެސް ހާއްސަ ހަނޑޫ ވެސް މިހާރު ވަނީ ތައާރަފުކޮށްފަ އެވެ.

3. އެންކާ ކިރު: ހަށިގަނޑަށް ބޭނުންވާ ހަކަތަ

އެންކާ ކިރަކީ ކެލްސިއަމް، ޕްރޮޓީން އަދި މުހިންމު ވިޓަމިންތަކުން މުއްސަނދިވެފައިވާ، ކޮލިޓީގެ ގޮތުން އެންމެ މަތީ ދަރަޖައިގެ އެއް ބްރޭންޑެވެ. ރޯދަމަހު ކަށިތަކުގެ ދުޅަހެޔޮކަމާއި މަސްތަކުގެ ވަރުގަދަކަން ހިފެހެއްޓުމަށް އެހީތެރިވެދޭ މި ކިރަކީ، ސައި ނުވަތަ ކޮފީގެ އިތުރުން ޝޭކްތަކާއި ސްމޫތީސް ތައްޔާރުކުރުމަށްވެސް ބޭނުންކުރެވޭނެ އުފެއްދުމެކެވެ. ހާރުދަމު މި ކިރު ބޭނުންކުރުމުން މުޅި ދުވަހަށް ބޭނުންވާ ހަކަތަ ހިފެހެއްޓުމަށް މަގުފަހިކޮށްދެއެވެ.

4. ސަންކުއިކް: ރޯދަ ވީއްލާ ގަޑީގެ އެންމެ މަގުބޫލު ބުއިން

ދިވެހިންގެ ޒަމާންވީ "އެކުވެރިޔާ"، ސަންކުއިކް ޖޫހަކީ ރޯދަ މަހަށް ވެސް ފުރިހަމަ ބުއިމެކެވެ. އަވަދި ނެތި އުޅޭ މީހުން ރޯދަ ވީއްލުމަށް މި ޖޫހުގެ އެކި ފްލޭވާތައް ބޭނުން ކުރެވިދާނެ އެވެ. ގިރާލަން އެހާ ފަސޭހަ މި ޖޫހަކީ ރޯދަވީއްލާ ގަޑީގައި ކަރުހިއްކުން ފިލުވާލުމަށް ގިނަ ބަޔަކު އިސްކަންދޭ ބުއިމެވެ.

5. ޕްރިމިއާ ސަންފްލާވާ އޮއިލް

ރޯދަމަހުގެ ތަފާތު ކާތަކެތި ތައްޔާރުކުރުމުގައި ކޮލިޓީ ރަނގަޅު ތެޔޮ ބޭނުންކުރުމަކީ ސިއްހަތަށް މުހިންމު ކަމެކެވެ. ލިލީން ފޯރުކޮށްދޭ ޕްރިމިއާ ސަންފްލާވާ އޮއިލް އަކީ ކެއްކުމަށާއި ތަކެތި ތެލުލުމަށް އެންމެ އެކަށީގެންވާ އެއް އުފެއްދުމެވެ.

ލިލީ އެންޓަޕްރައިޒަސްގެ އަމާޒަކީ މި ރޯދަ މަހާ ދިމާކޮށް ކަސްޓަމަރުންނަށް އެންމެ ފެންވަރު ރަނގަޅު ތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ. މި ހުރިހާ ބާވަތްތަކެއްވެސް ލިލީ ސްޓޯރާއި، ލާލު ސްޓޯރު، ހުޅުމާލޭގައި ހުންނަ ލިލީ ޝޮޕް، އަދި އައްޑޫ އާއި ކުޅުދުއްފުށީގައި ހުންނަ ލިލީ ޝޮޕްތަކުން ލިބެން ހުންނާނެއެވެ.