18 ފެބުރުވަރީ 2026 - 08:23 0
ލީވާން އަލީ ނާސިރު
18 ފެބުރުވަރީ 2026 - 08:23 0
"ފަލަކު" ހަނޑުލުގެ މީރު ވަހާއި، "ބެޓީ ކްރޮކާ" ކޭކުގެ ފޮނިކަމާއި، "އަލްމުދިޝް" ގެ ފުރިހަމަ ރަހައިގެ އިތުރުން "ކެލޮގްސް" އިން ލިބިދޭ ހަކަތައާއި "ސެލްޕަކް" އިން ޔަގީންކޮށްދޭ ސާފުތާހިރުކަމާއެކު، މިއަހަރުގެ ރޯދަމަސް ވެގެންދާނީ ކުރިއަށްވުރެ ބޮޑަށް ފަސޭހަ އަދި އުފާވެރި މަހަކަށެވެ.
ވީބީ ބްރަދާސްގެ އަމާޒަކީ އަބަދުވެސް ދިވެހި ކޮންމެ ގޭބިސީއަކަށް އެންމެ ފެންވަރު ރަނގަޅު މުދާ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ.
ދިވެހިންގެ ކެއުންތަކުގެ މައިގަނޑު އަސާސަކީ ހަނޑޫ ކަމަށްވާއިރު، "ފަލަކު" ބާސްމަތީ ހަނޑުލަކީ މިހާރު ބާޒާރުގައި އޮތް އެންމެ އިތުބާރު ބޮޑު އެއް ބްރޭންޑެވެ. ޕާކިސްތާނުގެ އެންމެ ފެންވަރު ރަނގަޅު ދަނޑުތަކުން އުފައްދާ މި ހަނޑުލުގެ ހާއްސަ ސިފަތަކުގެ ތެރޭގައި ހިމެނެނީ މީރު ވަހާއި، ބަތް ފުއްތައް ރީތިކޮށް ވަކިވެފައި ހުރުމާއި ގުލްޓަން-ފްރީ އަދި ފެޓް މަދު ހަނޑުލަކަށް ވުމުން ހިމެނެ އެވެ.
ކޭކު ފިހުމަކީ ގިނަ ވަގުތާއި ތަކުލީފު ނަގާ ކަމަކަށް ވިޔަސް، އެމެރިކާގެ މަޝްހޫރު ބްރޭންޑް ބެޓީ ކްރޮކާ އާއެކު އެކަން މިވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. ވީބީ ބްރަދާސް އިން މި ބްރޭންޑްގެ ގިނަ ވައްތަރު ވިއްކަމުންދާއިރު، އޭގެ ތެރޭގައި ފިހަންޖެހޭ ކޭކުތަކާއި "ނޯ-ބޭކް" ކޭކް މިކްސްތައް ހިމެނެއެވެ. ޒަމާނުއްސުރެ ދިވެހިންގެ އިތުބާރު ހޯދާފައިވާ މި ބްރޭންޑަކީ ކެއްކުމުގެ މާ ބޮޑު ހުނަރެއް ނެތް މީހަކަށްވެސް މީރު ކޭކެއް ތައްޔާރުކޮށްލެވޭނެ ފަސޭހަ މަގެކެވެ.
ކެއްކުމުގައި ބޭނުންކުރާ އެންމެ މުހިންމު އެއް ބާވަތަކީ ޓޮމާޓޯ ޕޭސްޓެވެ. އޮމާންގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ އަލްމުދިޝް ޓޮމާޓޯ ޕޭސްޓަކީ 100 ޕަސަންޓު ނެޗުރަލް އުފެއްދުމެކެވެ. މީގެ ސަބަބުން ކާބޯތަކެތީގެ އަސްލު ރަހަ އާއި ކުލައަށް އެއްވެސް ބަދަލެއް ނައިސް، ރަހަ ފުރިހަމަކޮށްދެއެވެ.
ރޯދަމަހުގެ ސުފުރާ މަތީގައި ސާފުތާހިރުކަން ދެމެހެއްޓުމަށް ސެލްޕަކް ބްރޭންޑުގެ ޓިޝޫއަކީ އެއްވަނައެވެ. ތުރުކީގެ މި ޕްރިމިއަމް ބްރޭންޑަކީ މަޑު، އެކަމަކު ފަސޭހައިން އިރައިގެން ނުދާ ވަރުގަދަ ޓިޝޫއެކެވެ.
ދެ ލޭޔަރު އަދި ތިން ލޭޔަރުގެ ޓިޝޫ ލިބެން ހުރެއެވެ. ވެޓް ވައިޕްސް އާއި ޕޮކެޓް ޕެކްސް ވެސް ލިބެން ހުރެއެވެ.
މި ބްރޭންޑަކީ 100 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާއާއެކު، ގޮވާމުގެ ބާވަތްތަކުން ހަށިގަނޑަށް ބޭނުންވާ އެންމެ ފުރިހަމަ ފައިދާ ލިބިދޭ ގޮތަށް އުފެއްދުންތައް ތައްޔާރުކުރާ ކުންފުންޏެކެވެ. ދިިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮކޮށް ބެހެއްޓުމަށް ބާރުއަޅާ ކެލޮގްސްއިން ކޮންމެ އުމުރުފުރައަކާ ގުޅޭ ތަފާތު ބާވަތްތައް ފޯރުކޮށްދެއެވެ.
މީގެ ތެރޭގައި ހިމެނެނީ ކުދިން ގަޔާވާ ފަދަ މީރު ރަހަތަކާއެކު ހަކަތަ ލިބިދޭ ބާވަތްތަކާއި މުޅި ދުވަހަށް ބޭނުންވާ ތާޒާކަން ގެނެސްދޭ ހަކަތަ މުއްސަނދި ސީރިއަލް އާއި ބަނޑުހައިކަން ފިލުވާލުމަށް ވަގުތުން ބޭނުންކޮށްލެވޭ ރަހަމީރު ބާވަތްތަކާއި ސިއްހަތަށް ބަލައިގެން، ފައިބަރާއި މުހިންމު ނިއުޓްރިއެންޓްސް އެކުލެވޭ ސީރިއަލް އަދި ދުވަހުގެ ކޮންމެ ދަޅައެއްގައިވެސް ކާލަން އެންމެ ރަނގަޅު "އޯލް ޑޭ ފޭވަރިޓްސް" އެވެ.
ވީބީ ބްރަދާސްގެ މާޓެއް މަޖީދީ މަގުގައި ހުންނައިރު، ބާޒާރު ސަރަހައްދުގައި ވީބީ ހޯލްސޭލް ފިހާރައެއް ހުރެ އެވެ. އަދި ވީބީގެ ފިހާރަ ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ތިނަދޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީގައި ވެސް ހުރެ އެވެ.
Comment