Advertisement

ގްރީސްގެ ޖަންގަލީގައި ރޯވި އަލިފާންގަނޑު ފެތުރި އެތެންސަށް ނުރައްކާވެއްޖެ

12 އޮގަސްޓު 2024 - 19:06 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގްރީސްގައި އަލިފާން ރޯވުން: ޖަންގަލީގައި ރޯވި އަލިފާގަނޑު ފެތުރި، ވެރި ރަށަށް ވަނީ ނުރައްކާވެފައި -- ފޮޓޯ: ރޮއިޓާސް


ގްރީސްގެ ޖަންގަލީގައި ރޯވި އަލިފާންގަނޑު ފެތުރި އެތެންސަށް ނުރައްކާވެއްޖެ

12 އޮގަސްޓު 2024 - 19:06 0

ހޫނުގަދަވުމުގެ ސަބަބުން ގްރީސްގެ ޖަންގަލީގައި ރޯވި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި ވެރިރަށް އެތެންސްއަށް ނުރައްކާވެއްޖެ އެވެ.

ގްރީސްގެ ކްލައިމެޓް ކްރައިސިސް އަދި ސިވިލް ޕްރޮޓެކްޝަން މިނިސްޓަރު ވަސިލިސް ކިކިލިއަސްއާ ހަވާލާދީ "އަލްޖަޒީރާ" އިން ބުނީ އަލިފާން ރޯވީ ދެ ސަރަހައްދެއްގައި ކަމަށާއި އަލިފާންގަނޑު ކޮންތްރޯލް ނުވެ އެތެންސްއާ ހިސާބަށް ފޯރަމުންދާ ކަމަށެވެ.

"ރެއާއި ދުވާލު އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އަލިފާންގަނޑު ދަނީ ވަރަށް ހަލުވި މިނެއްގައި ފެތުރެމުން. މިހާރު އަލިފާންގަނޑު ވަނީ މައުންޓް ޕެންޓެލީއަށް ފޯރާފައި،" އޭނާ ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެތެންސްގެ ތިން ހޮސްޕިޓަލެއް ކުއްލި ހާލަތަށް ގެނެސް، އެތެންސްއާއި އެހެނިހެން ތަންތަނުން ވެސް އަލިފާނުގެ އަސަރު ފޯރަފާނެ ލަފާކޮށް މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

ގްރީސްގެ ފަޔާ ޑިޕާޓްމަންޓުން ބުނީ އަލިފާން ނިއްވުމަށް މަސައްކަތް 27 ޓީމަކުން 670 ފަޔާ ފައިޓަރުން ދަނީ ކުރަމުން ކަމަށެވެ. އަސްކަރިއްޔާގެ 80 ސިފައިންނާއި، 180 ވެހިކަލް އަދި އަލިފާން ނިއްވުމަށް 30 މަތިންދާ ބޯޓު ވެސް އަންނަނީ ބޭނުން ކުރަމުންނެވެ.

ގްރީސްގައި 2018 ގައި މިގޮތަށް ހިނގި އަލިފާނުގެ ހާދިސާގައި އެފަހަރު 103 މީހުން މަރުވި އެވެ. އެފަހަރު ވެސް އަލިފާން ނިއްވަން ބޮޑެތި ދަތިތަކާ ކަމާ ބެހޭ ފަރާތްތަކުން ކުރިމަތިލި އެވެ.

ހޫނުމިން 40 ޑިގްރީގައި ހުރި ގްރީސްގައި މިދިޔަ ދެ މަހަކީ އެ ގައުމުގެ ތާރީހުގައި ވެސް ހޫނުމިން އެންމެ މައްޗަށް ދިޔަ ދެ މަހެވެ. އަދި މިފަހަރު ގްރީސްގެ ފިނި މޫސުމަކީ އެންމެ ބޮޑަށް ހޫނުވި ފިނި މޫސުމަށެވެ.