Advertisement

ނާޒިމުގެ ފާޑުކިޔުން؛ އެމްއެމްއޭއަށް މެނޭޖިން ޑިރެކްޓަރުން ލުމަކީ އުފުލަންޖެހޭ މާލީ އިތުރު ބުރައެއް!

10 އޮގަސްޓު 2024 - 18:52 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މާފަންނު އުތުރު ދާއިރާގެ މެންބަރު ނާޒިމް -- ފޮޓޯ: އަދަދު


ނާޒިމުގެ ފާޑުކިޔުން؛ އެމްއެމްއޭއަށް މެނޭޖިން ޑިރެކްޓަރުން ލުމަކީ އުފުލަންޖެހޭ މާލީ އިތުރު ބުރައެއް!

10 އޮގަސްޓު 2024 - 18:52 0

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފަސް މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރާތީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ފާޑު ވިދާޅުވެއްޖެ އެވެ.

ނާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އިގުތިސާދީ ދަތިކަމުގެ ތެރޭގައި އެމްއެމްއޭ އަށް ފަސް މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރުމަކީ، ދައުލަތުން އުފުލަންޖެހޭ އިތުރު މާލީީ ބުރައެއް ކަމަށެވެ.

"އެހެންކަމުން ހަރަދު ކުޑަ ކުރުމަށް ލީޑަޝިޕްގެ ސްޓްރަކްޗަ ހަރުދަނާކުރުމަށް އެމްއެމްއޭގެ ގަވަނަރަށް އިލްތިމާސްކުރަން،" ނާޒިމް ވިދާޅުވި އެވެ.

އެމްއެމްއޭގެ އާ ގަވަރުނަރު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން އިއުލާނު ކުރީ މި އޯގަސްޓު 8 ގަ އެވެ. އެމްއެމްއޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް އެ މަގާމުތަކަށް ކުރިމަތިލެވޭނެ އެވެ.

އެމްއެމްއޭ އަށް މެނޭޖިން ޑިރެކްޓަރުން ހޯދާ ދާއިރާތައް

  • މަނިޓަރީ ޕޮލިސީ، ރިސަރޗް އެންޑް ސްޓެޓިސްޓިކްސް
  • ފައިނޭންޝަލް ސްޓެބިލިޓީ
  • ބޭންކިންގ އޮޕަރޭޝަންސް
  • ކޯޕޮރޭޓް ސަރވިސަސް
  • ފައިނޭންޝަލް ސެކްޓަ ޑިވަލަޕްމަންޓް

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަަކުން ކުރިމަތިލުމުގެ ފުރުސަތު އޮގަސްޓު 22، ގެ މެންދުރު 1:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. މެނޭޖިން ޑިރެކްޓަރުންގެ މުސާރައަކީ 50،000ރ. އާއި 55،000ރ. އާ ދެމެދުގެ އަދަދެކެވެ. މެނޭޖިން ޑިރެކްޓަރުންގެ މަގާމުގެ މުއްދަތަކީ ފަސް އަހަރުގެ ދެ ދައުރެވެ.