Advertisement

ގާޒާގެ ގަތުލުއާއްމަށް އަރަބި ލީޑަރުން ލޯމަރާލައިގެން ތިބޭތީ މައުމޫނު ފާޑުވިދާޅުވެއްޖެ

10 އޮގަސްޓު 2024 - 09:43 1

ލީވާން އަލީ ނާސިރު

ލ

Advertisement

ކުރީގެ ރައީސް މައުމޫން: ގާޒާ ގަތުލްއާންމާ ގުޅިގެން އަރަބި ލީޑަރުންނަށް ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފައި -- ފޮޓޯ: އަދަދު ފައިލް


ގާޒާގެ ގަތުލުއާއްމަށް އަރަބި ލީޑަރުން ލޯމަރާލައިގެން ތިބޭތީ މައުމޫނު ފާޑުވިދާޅުވެއްޖެ

10 އޮގަސްޓު 2024 - 09:43 1

Advertisement

Advertisement

ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން އަރަބި ލީޑަރުންނަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މައުމޫން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާޒާގައި ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު މަރަމުންދާއިރު އަރަބި ލީޑަރުން ތިބީ އެއްވެސް ކަމެއް ނުކޮށް ކުޅިބަލަން ކަމަށެވެ.

Advertisement

"ކޮންމެދުވަހަކު އެތައްސަތޭކަ ކުށެއްނެތް ޣައްޒާގެ އާންމުންނެއް އިސްރާއީލުން އެދަނީ ރަހުމެއްނެތި މަރަމުން. އަރަބި ލީޑަރުން އެތިބީ ކުޅިބަލަން. އެއްވެސް ކަމެއް ނުކުރޭ. ހިތާމައިގެ ކޮޅެއްނެތް. މައުމޫން ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ގާޒާގައި ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން މީގެ ކުރިން ވެސް މައުމޫން ވަނީ "އެކްސް" ގައި ޝުއޫރު ފާޅުކުރައްވައި، ބައިނަލްއަގުވާމީ މުޖުތަމައު ކޮބައިތޯ ވެސް ސުވާލު ކުރައްވާފަ އެވެ.

އިޒްރޭލުން ހިންގާ އެ ގަތުލްއާންމު ހުއްޓުވަން މުޅި ދުނިޔެ ވަނީ ނުކުޅެދިފަ އެވެ. އެގޮތުން އެކަން ހުއްޓުވަން އެއްބަސްވުމެއް ނެހެދި، އެމެރިކާފަދަ ގައުމުތަކުން އަންނަނީ ގަތުލްއާންމަށް ވާގިވެރިވަމުންނެވެ.

Advertisement

މީގެއިތުރުން އަރަބި ގައުމުތައް ވެސް ގަތުލްއާންމާ ގުޅިގެން ކޮންމެވެސް ވަރަކަށް މަސައްކަތް ކުރި ނަމަވެސް، އެ ގައުމުތައް ވެސް އިސްކުރަނީ އަމިއްލަ މަސްލަހަތު ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ގަތުލްއާންމުގައި މިހާތަނަށް 40،000 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކުށެއް ނެތް މައުސޫމް ކުޑަކުދިންނާއި އަންހެނުންނެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އާދަމް

7 months ago

ދީން ކިޔަވައިގެން އައިސް ތުނބުޅިއަށް ހަޖޫޖަހައި، އަނބިދަރިންގެ އައުރަ ނިވާނުކޮށް، ލަވަޔާއި މިއުޒިކު ހުއްދަކޮށް ﷲ ހަރާމްކުރެއްވި އެއްޗެހި ހަލާލުކޮށް، ވެރިކަމުގައި ހުރި ދުވަހު ޠާޢޫތަށް ޙުކުމްކުރީތީ އެކަން އަނެއްކާވެސް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްލަން.