Advertisement

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ލީޑަރު ޔޫނުސްއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

8 އޮގަސްޓު 2024 - 22:34 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާއާއެކު --- ފޮޓޯ: ރައީސް އޮފީސް


ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ލީޑަރު ޔޫނުސްއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

8 އޮގަސްޓު 2024 - 22:34 0

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ މިދިޔަ ހޯމަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އުފެއްދި ވަގުތީ ސަރުކާރުގެ ލީޑަރު، މުހައްމަދު ޔޫނުސް އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މީގެކުރިން ސުލްހައިގެ އިނާމު ލިބުނު ޔޫނުސް، 83 އަށް މަރުހަބާ ދަންނަވާ އެކްސްގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ބަންގްލަދޭޝްގެ ދުވަސްވީ ގާތް އެކުވެރިއެއްގެ ގޮތުން ރާއްޖެއިން އެ ގައުމަށް އެދެނީ ސުލްހައާއި އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށެވެ.

އަދި ޔޫނުސްގެ ވަގުތީ ވެރިކަމުގައި އެމަންޒަރު ފެންނާނެ ކަަމަށް އުންމީދުކުރައްވާ ކަަމަށްވެސް ރައީސް ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުން ހަސީނާ އިސްތިއުފާ ދެއްވީ ވަޒީފާގެ ކޯޓާގެ މައްސަލައިގައި ދަރިވަރުން ކުރަމުންދިޔަ މުޒާހަރާތައް ކޮންޓްރޯލުން ނެއްޓުމާ ގުޅިގެންނެވެ. އާއެކު ހަސީނާ ވަނީ ގައުމު ދޫކުރައްވާ އިންޑިއާއަށް ފިއްލަވައިގެން ވަޑައިގެންފަ އެވެ.

އަސްކަރިއްޔާގެ އެހީތެރިކަމާއެކު އަލަށް އެކުލަވައިލި ވަގުތީ ސަރުކާރުގެ ކެބިނެޓުގައި 16 ބޭފުޅަކު ހިމެނޭއިރު، އޭގެ ތެރޭގައި، އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޝޭހު ހަސީނާގެ، އަވާމީ ލީގް ޕާޓީއަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ނުހިމެނެ އެވެ.

ބަންގްލަދޭޝްގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި 300 އަށްވުރެ ގިނަ މީހުން މަރުވި އެވެ. އެ މަރުގެ މައްސަލަތަކާއި މުޒާހަރާތަކުގައި ހިނގި ގާނޫނާ ހިލާފު ކަންތައްތައް ތަހުގީގުކުރާނެ ކަމުގެ ޔަގީންކަން ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ވަނީ ދީފަ އެވެ.