6 އޮގަސްޓު 2024 - 05:00 1
މޫސާ ނާޝިއު
6 އޮގަސްޓު 2024 - 05:00 1
ކަރަންޓު ގުޅޭ އިލްމީ ދިރާސާއެއް ހެދުމަށް ސްޓެލްކޯ އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އިން މިއަދު ފަހުމުނާމާއެއް (އެމްއޯޔޫ) އެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި މި އެމްއޯޔޫގެ މައިގަނޑު މަގުސަދަކީ ކަރަންޓު ބިލުތައް ބޮޑުވުމަށް ދިމާވާ މައްސަލަތަކުގެ ސަބަބު ހޯދުމަށާއި، ކަރަންޓް ބޭނުންކުރާ ގޮތާއި، މޫސުމީ ބަދަލުގެ ސަބަބުން އެކަމަށް ކުރާ އަސަރު ދެނެގަތުމަށް ދިރާސާކުރުމެވެ.
މި ދިރާސާގައި 2014 އިން 2024 އަށް ކަރަންޓު ބޭނުންކުރި ގޮތުގެ 10 އަހަރު ޑާޓާ އިވެލުއޭޓު ކުރާނެ އެވެ. އަދި މި ދިރާސާ ނިމުމުން ބިލުކުރުމުގެ ނިޒާމު ހާމަކަމާއި ސައްހަކަމާއި އަދި ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުކުރުމަށް އިސްތިރާޖެއް އެކުލަވާލެވޭނެ ކަމަށް ސެޓެލްކޯއިން ބުންޏެވެ.
މި ދިރާސާގެ ބޭނުންކޮށްގެން ދެން ހާސިލުކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި ކަރަންޓު ބޭނުންކުރާ ފަރާތްތަކުން އެ ބޭނުންކުރާ ވައްޓަފާޅި ދެނެގަތުމާއި، މޫސުމުގެ ސަބަބުން ކަރަންޓު ބޭނުންކުރުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތައް ދެނެގަތުން ހިމެނެ އެވެ.
ސްޓެލްކޯއިން ބުނީ ދިރާސާ ނިމުމުން ބިލުތައް ހަދާއިރު ގޯސްތަކެއް ހުރިނަމަ އެ ގޯސްތައް ދެނެގަނެ ކަސްޓަމަރުންގެ ޝަކުވާތަކާއި ހިޔާލު ވެސް ދެނެގަނެވޭނެ ކަމަށެވެ.
ކަރަންޓު ބިލު ބޮޑުވާ ސަބަބު ދެނެގަންނަން ދިރާސާއެއްގެ މަސައްކަތް ސްޓެލްކޯއިން މި ފެށީ، ބިލު ބޮޑުވާ މައްސަލައިގައި އިންތިހާއަށް ފާާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އާންމުންގެ ތެރެއިން ބައެއް މީހުން ތުހުމަތުކުރަނީ މިކަމުގައި ސްޓެލްކޯއިން އޮޅުވާލައި މަކަރު ހަދަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ކުންފުނިން އެ ވާހަތަކައް ދޮގުކުރަމުން ބުނީ އެފަދަ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ކަރަންޓް ހުސޭނު
9 months ago
ފާއިތުވި 10 އަހަރުގެ ޑޭޓާ ބޭނުންކޮށްގެން ދިރާސާ ކުރާއިރު ބަލާނީ ބިލުގައި ކަރަންޓުބޭނުންކުރިކަމަށް އޮތް އަދަދުތޯ.؟؟؟ އެ އަދަދު އައިގޮތް ދެނެގަންނާނެތޯ؟؟؟؟ އަދި އެ 10 އަހަރުގެ ތެރޭގައި ގޭގޭގައި ބޭނުންކުރި ތަކެއްޗާއި އެ ތަކެތީގެ ކަރަންޓު ބޭނުންކުރެވޭ ގޮތަށް އެ ތަކެތި އުފެއްދިތަންތަނުން ބަދަލެއް ގެނެސްފއިވޭތޯ ބައްލަވާނެތޯ؟؟؟؟؟ ކަރަންޓު ބިލުގައި ޖަހާފައިވާ އަދަދު ބަލައިގެން ދިރާސާކޮށްގެން ޖެހިގެން އުޅޭ މައްސަލަ ސާފުވާނެތޯ؟؟؟؟
Comment