5 އޮގަސްޓު 2024 - 09:48 2
އަތޫފް އާތިފް
5 އޮގަސްޓު 2024 - 09:48 2
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)، ބީޗް ވޮލީބޯލް ޗެލެންޖު ކަޕް ނޫން އިތުރު މުބާރާތްތަކުން ވެސް ބީޗް ވޮލީބޯލް އިން ރާއްޖެ އަށް މެޑަލް ހޯދިދާނެ ކަމަށާއި ބޭނުންވަނީ ހިތްވަރު ކަމަށް ރަން މެޑަލް ހޯދި ޕެއާގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ބުނެފި އެވެ.
ކުޑަކާއްޓެ އާއި އެޑަމް ވަނީ ކާވާ އިން ބޭއްވި ބީޗްވޮލީ ޗެމްޕިއަންޝިޕްގެ ދެ މުބާރާތުން ރަން މެޑަލް ހޯދައި، ޓުއާ މުބާރާތުން ރިހި މެޑަލް ހޯދައިފަ އެވެ. ރަން މެޑަލް ހޯދީ، 2022 ވަނަ އަހަރާއި މި އަހަރު އެވެ. އަދި ރިހި މެޑަލް ހާސިލްކުރީ މިދިޔަ އަހަރުގެ މުބާރާތުންނެވެ.
ކާވާ ބީޗް ވޮލީބޯލް ޗެލެންޖު ކަޕުގެ ރަން މެޑަލްއާ އެކު, ކުޑަކާއްޓޭ އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ވަނީ ރޭ ރާއްޖެ އައިސްފަ އެވެ. މި ޕެއާ އަށް އެއާޕޯޓުން މަރުހަބާ ދެންނެވީ, ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު (ރާއްޕެ) އެވެ.
މީގެ އިތުރުން، ވީއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.
"އަދަދު" އާ ވާހަކަ ދައްކަމުން ކުޑަކާއްޓޭ ބުނީ، މި ކާމިޔާބީއާއެކު ބޭނުންވަނީ ކާވާ އިން ބާއްވާ ބީޗްވޮލީބޯޅައިގެ ހުރިހާ މުބާރާތަކުން ރަން މެޑަލް ނެގުމަށް ކަމަށެވެ. މީގެ އިތުރުން އައިއޯއައިޖީ އަދި ސާފް ގޭމްސްގެ ރަން މެޑަލް ހޯދުން އެއީ އަމާޒެއް ކަމަށް ކުޑަކާއްޓޭ ބުންޏެވެ.
"ދެން ބޭނުންވަނީ ކާވާއިން ބާއްވާ ހުރިހާ މުބާރާތެއްގަ ގޯލްޑް ނެގުން. އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކީ އައިއޯއައިޖީ އަދި ސާފް ގޭމްސް ކަހަލަ އެއްޗެއްގައި ގޯލްޑް ދަމައިގަންނަން" ކުޑަކާއްޓޭ ބުންޏެވެ.
އެޑަމް ބުނީ, ބޫޓާން އިން އަލަށް ވޮލީގެ ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވި ނަމަވެސް އެގައުމުގެ އިންތިޒާމުތައް ރަނގަޅު ކަމަށެވެ. އެކަމަކު އުސް ގައުމެއްގައި ކުޅެން ޖުމާއި އެކު އޭގެ އުނދަގޫތަކާ ކުރިމަތިވި ކަން އެޑަމް ފާހަގަކުރި އެވެ.
ރާއްޖެއިން ވަނީ މީގެ ކުރިން އައިއޯއައިޖީގެ ޓީމް އިވެންޓުން ބީޗް ވޮލީގައި ރަން މެޑަލް ހޯދައިފަ އެވެ. އެ ފަހަރު މެޑަލް ހޯދި ޓީމުގައި ވެސް އެޑަމް ހިމެނެ އެވެ.
Comment