2 އޮގަސްޓު 2024 - 19:31 0
އަތޫފް އާތިފް
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)، ބީޗް ވޮލީބޯލް ޗެލެންޖު ކަޕުގައި ތަޖިކިސްތާނާއި ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: ބޫޓާން ވޮލީބޯލް ފެޑެރޭޝަން
2 އޮގަސްޓު 2024 - 19:31 0
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)، ބީޗް ވޮލީބޯލް ޗެލެންޖު ކަޕުގައި މިއަދު ކުޅުނު މެޗުތަކުން ރާއްޖޭގެ ތިން ޕެއާ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މި މުބާރާތުގައި ރާއްޖޭން ސެމީ ފައިނަލަށް ދަތުރުކުރީ މީގެ ކުރިން މި މުބާރާތް ކާމިޔާބުކުރި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އާއި, މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ގެ ޕެއާގެ އިތުރުން އަންހެން ޕެއާ, އާމިނަތު އަރީޝާ (އަރީ) އާއި ފާތިމަތު ޒީނިޔާ (ޒީ)ގެ ޕެއާ އެވެ.
ޒީނިއާ އާއި އަރީގެ ޕެއާއިން ސެމީ ފައިނަލަށް ދަތުރުކުރީ މިއަދު ބޫޓާންގެ ޕެމާ އާއި ރިންޗެންގެ ޕެއާ އަދި ނޭޕާލްގެ ކިންގްޒަމް އާއި ޒަންގްމޯގެ ޕެއާ ބަލިކޮށްގެންނެވެ.
ކިނަގްޒަމް އާއި ޒަންގްމޯގެ މައްޗަށް ޒީނިއާ އާއި އަރީގެ ޕެއާ ކުޅުނު މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ, 19,21 އަދި 16-21 އިންނެވެ. އަދި ދެވަނަ މެޗުގައި ޕެމާ އާއި ރިންޗެން އާ ދެކޮޅަށް ކުޅުނު މެޗުވެސް ޒީނިއާ އާއި އަރީޝާގެ ޕެއާއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-04 އަދި 12-21 އިންނެވެ.
ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއިން ސެމީ ފައިނަލަށް ދިޔައީ ނޭޕާލްގެ ޓަންޑިން އާއި ސުނަމްގެ ޕެއާ އާ ދެކޮޅަށް ކުޅުނު މެޗާއި, ތަޖިކިސްތާންގެ ފިރޫޒް އާއި ޒުރަބްގެ މެޗު ކާމިޔާބު ކޮށްގެންނެވެ.
ނޭޕާލްގެ ޓަންޑިން އާއި ސުނަމްގެ ޕެއާގެ މައްޗަށް ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއިން ކުރިހޯދީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 21-12 އަދި 21-11 އިންނެވެ. ދެވަނަ މެޗުގައި ތަޖިކިސްތާންގެ ފިރޫޒް އާއި ޒުރަބްގެ މައްޗަށް ވެސް ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ އިން ކުރިހޯދީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ, 21-17 އަދި 21-13 އިންނެވެ.
މީގެ އިތުރުން ރާއްޖޭގެ ކޯކޭ އައި ޑެންޒޯގެ ޕެއާ ވެސް ވަނީ މިއަދު ކުޅުނު މެޗުތައް ކާމިޔާބުކޮށް ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ޑެންޒޯ އާއި ކޯކޭގެ ޕެއާ އިން ސެމީގެ ޖާގަ ކަށަވަރުކުރީ ތަޖިކިސްތާންގެ އިސްމާއިލްވީ އާއި ރައިމްގެ ޕެއާ އާ ދެކޮޅަށް ކުޅުނު މެޗާއި ބޫޓާންގެ ޑުރުކްޕާ އާއި ޖާމީ އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްގެންނެވެ.
ތަޖިކިސްތާންގެ އިސްމާއިލްވީ އާއި ރައިމްގެ ޕެއާގެ މައްޗަށް ޑެންޒޯ އާއި ކޯކޭގެ ޕެއާ ކުރިހޯދީ ސީދާ ދެ ސެޓުންނެވެ. އެއީ 25-23 އަދި 22-20 އިންނެވެ. ދެވަނަ މެޗުގައި ބޫޓާންގެ ޑުރުކްޕާ އާއި ޖާމީގެ މައްޗަށް ވެސް ޑެންޒޯ އާއި ކޯކޭގެ ޕެއާ ކުރިހޯދީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-14 އަދި 21-07 އިންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment