Advertisement

ގައުމީ ބީޗްވޮލީ ޓީމުން ޝަމާއިލަށް މި ފަހަރު ވެސް ފުރުސަތެއް ނެތް

26 ޖުލައި 2024 - 18:28 0

އަތޫފް އާތިފް

އަތޫފް އާތިފް


ގައުމީ ބީޗްވޮލީ ޓީމުން ޝަމާއިލަށް މި ފަހަރު ވެސް ފުރުސަތެއް ނެތް

26 ޖުލައި 2024 - 18:28 0

ގައުމީ ބީޗްވޮލީބޯލް ޓީމުން އަންނަ މަހު ބާއްވާ ކާވާ ބީޗް ވޮލީ މުބާރާތަށް ފަރިތަކުރުންތައް ފަށާފައިވާއިރު، އެ ޓީމުން މި ފަހަރުވެސް ޒުވާން ތަރި ޝަމާއިލް ހުސެއިން އަށް ފުރުސަތު ގެއްލިއްޖެ އެވެ.

"އަދަދު" އާ ވާހަކަ ދައްކަމުން ޝަމާއިލް ބުނީ މުބާރާތައް ފަރިތަކުރުންތައް ފަށާފައިވާއިރު, އޭނާ އަށް ގައުމީ ޓީމުން އެކަން ނާންގާ ކަމަށެވެ. އަދި އެއީ ކީއްވެކަން ނޭނގޭ ކަމަށް ޝަމާއިލް ބުންޏެވެ.

"ބީޗް ގައުމީ ޓީމުން ޕްރެކްޓިސް ކުރާއިރު, މިހާރު ނާންގާ ޕްރެކްޓިސް އަށް ނުކުންނަން. ނޭނގެ އެއީ ކީއްވެ ކަމެއް ވެސް" ޝަމާއިލް ބުންޏެވެ.

ޝަމާއިލް އެންމެ ފުރަތަމަ ބީޗް ވޮލީ ގައުމީ ޓީމާއެކު ފެނިގެންދިޔައީ މިދިޔަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ކާވާ ބީޗް ވޮލީ މުބާރާތުގަ އެވެ. އެ ފަަހަރު މުބާރާތުން ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ޕެއާ ރަން މެޑަލް ހޯދި އެވެ.

އެ މުބާރާތް ނިންމާލުމަށްފަހު ޝަމާއިލް ބުނީ ބީޗް ވޮލީ ގައުމީ ޓީމާއެކު އިތުރު މުބާރާތްތަކުގައި ވެސް ވާދަކުރަން ބޭނުންވާ ކަމަށެވެ.

އެ ފަހަރުގެ މުބާރާތައް ފަހު ވާހަކަ ދައްކަމުން އޭރު ބީޗް ވޮލީ ޓީމުގެ ކޯޗު ވިނީޝިއުސް މާޓިން ބުނީ ރާއްޖޭގައި ބީޗް ވޮލީގައި އެންމެ ބޮޑަށް ކުރިއަރައިގެން ދާނެ އެއް ކުޅުންތެރިޔަކަށް ޝަމާއިލް ވާނެ ކަމަށެވެ.