Advertisement

ދީމާ އާއި އަޒްކާގެ ޕެއާ އޭޝިއާގެ ޔޫތު ގޭމްސްގެ ކުއާޓާ އަށް

24 އޮކްޓޯބަރު 2025 - 21:37 0

އޭޝިއަން ޔޫތު ގޭމްސްގައި ދީމާ އާއި އަޒްކާ ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ދީމާ އާއި އަޒްކާގެ ޕެއާ އޭޝިއާގެ ޔޫތު ގޭމްސްގެ ކުއާޓާ އަށް

24 އޮކްޓޯބަރު 2025 - 21:37 0

ބަހުރޭނުގެ މަނަމާގައި މިހާރު ކުރިއަށްދާ ތިން ވަނަ އޭޝިއަން ޔޫތު ގޭމްސްގައި ގައުމީ އަންހެން ބީޗްވޮލީބޯޅަ ޕެއާ، އައިޝަތު ދީމާ ނަދީމް އާއި އަޒްކާ ބިންތު މުހައްމަދު ސިގުދީ ވަނީ މުބާރާތުގެ ގަދަ އަށެއްގެ ތެރޭގައި ހިމެނި، ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ތިން ވަނަ އޭޝިއަން ޔޫތު ގޭމްސްގެ ބީޗްވޮލީބޯޅަ އިވެންޓުގައި، ކ. ހުރާ އަށް ނިސްބަތްވާ އަޒްކާ އާއި ދީމާ ވަނީ ވާދަކުރި ގްރޫޕް ތިން ވަނައިގައި ނިންމައިލައިފަ އެެވެ. ހުރާގެ މި ހުނަރުވެރި ދެ ކުޅުންތެރިން ހިމެނޭ ޕެއާ އިން ވަނީ ކުޅުނު ފަސް މެޗުގެ ތެރެއިން ބަހުރޭނާއި މޮންގޯލިއާ އަތުން މޮޅުވެފަ އެވެ.

މިއީ، މިހާތަނަށް އޭޝިއާގެ ލެވަލްގެ ޔޫތު ގޭމްސްއެއްގައި ރާއްޖެ އަށް ޓީމު ކުޅިވަރެއްގައި ލިބިގެންދިޔަ އެންމެ ރަނގަޅު އެއް ނަތީޖާއެވެ،

އެ ގޮތުން، ހަ ގައުމުގެ ޕެއާ އިންތައް ހިމެނުނު މި ގްރޫޕްގެ މެޗުތައް ނިމުނުއިރު، ދީމާ އާއި އަޒްކާގެ ޕެއާ ދިޔައީ ތިން ވަނަ އެވެ. އެއް ވަނައިގައި ނިންމި، ތައިލެންޑްގެ ކަމްޕިލާ އާއި ހަންމޮންގެ ޕެއާ ވަނީ ފަސް މެޗުން ވެސް މޮޅުވެ، 10 ޕޮއިންޓް ހޯދައިފަ އެެވެ. ދެ ވަނަ އަށް ދިޔަ، އިންޑޮނޭޝިއާގެ ގްރަހަޔަންތީ އާއި ޔޫއަންދިތާގެ ޕެއާ އެވެ. އެ ޕެއާ އަށް ނުވަ ޕޮއިންޓް ލިބުނުއިރު، ތިން ވަނަ އަށް ދިޔަ އަޒްކާ އާއި ދީމާގެ ޕެއާ އާއި ހަތަރެއްގައި ނިންމި، މޮންގޯލިއާގެ ޕެއާ، ނަރަންބާތަރު ނަންދިން-އާދިން އާއި އެލްބިގަޔާރު ސެލްމޫން އަދި ފަސް ވަނަ އަށް ދިޔަ ޖޯޑަންގެ ޕެއާ ގަތާބީ އާއި ޝަހާލްތޫ އަށް ލިބިފައިވަނީ، ހަތް ޕޮއިންޓެވެ. އެކަމަކު، ސެޓުގެ ޖުމްލަ އާއި ޕޮއިންޓަށް ބަލައިގެން، ތިން ވަނަ ލިބުނީ ރާއްޖޭގެ ދީމާ އާއި އަޒްކާގެ ޕެއާ އަށެވެ.

މި ގްރޫޕްގެ އެންމެ ފުލަށް ދިޔައީ، ހުރިހާ މެޗަކުން ބަލިވި، މުބާރާތް ބާއްވާ ބަހުރޭންގެ ޕެއާ، ލަޔާން މާޖިދާ އާއި މާޔާ ފަލާހާ އެވެ.

ކުއާޓާ ފައިނަލުގެ މެޗުތައް ކުޅޭނީ، މާދަމާ އެވެ.