Advertisement

ނ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށައި، 81 ރަށް ފެރީގެ ހިދުމަތުން ގުޅިއްޖެ

26 ޖުލައި 2024 - 06:43 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އާރްޓީއެލް ފެރީއެއް: އާރްޓީއެލްގެ ހިދުމަތް ނ. އަތޮޅުގައި ވަނީ ފަށާފައި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


ނ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށައި، 81 ރަށް ފެރީގެ ހިދުމަތުން ގުޅިއްޖެ

26 ޖުލައި 2024 - 06:43 0

ދަތުރުފަތުރުން މުޅި ރާއްޖެ ގުޅާލުމަށް ނިމިގެން ދިޔަ އެމްޑީޕީ ވެރިކަމުގައި ތައާރަފުކުރި އިންގިލާބީ ބަދަލުކަމުގައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހިދުމަތް ނ. އަތޮޅުގެ 13 ރަށަށް އިއްޔެ ފަށައި ރާއްޖޭގެ 81 ރަށް އާރުޓީއެލްގެ ހިދުމަތުން ގުޅާލައިފި އެވެ.

ނ. މަނަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ނ. އަތޮޅުގެ ފެރީގެ ނިޒާމް އިފްތިތާހުކޮށްދެއްވީ ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް އާއި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އަދި އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް އެވެ.

އާރުޓީއެލް ހިދުމަތް ނ. އަތޮޅުގެ 13 ރަށަށް މި ފެށީ 50 މީހުންގެ ޖާގައިގެ ދެ ފެރީއާއެކު އެވެ. މިއާއެކު ރާއްޖޭގެ ނުވަ އަތޮޅެއްގެ 81 ރަށަށް މި ވަނީ އާރުޓީއެލްއިން ގުޅާލެވިފަ އެވެ.

ރަސްމިއްޔާތުގައި ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އާރްޓީއެލްގެ ހިދުމަތް ރަނގަޅު ފެންވަރެއްގައި ދޭން މަސައްކަތް ކުރާނެ ކަމަށެވެ. އެ ހިދުމަތް ނ. އަތޮޅަށް ދޭން ފަށާފައި ވަނީ ތިން ރޫޓުން ދެ ފެރީ ބޭނުންކޮށްގެންނެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން އަތޮޅުތަކާ ނ. އަތޮޅު ގުޅާލަން ވަނީ ހަމަޖެހިފަ އެވެ.

ނ. އަތޮޅުގައި ވެސް އާރްޓީއެލް ފެރީގެ ހިދުމަތަށް އަގު ނަގަން ފަށާނީ އޯގަސްޓް، 1 އިން ފެށިގެންނެވެ.