Advertisement

ރަޖިސްޓްރީ ނުކުރާ ހަތަރު ފުރޮޅުލީ 1100 ވެހިކަލް މަގުމަތީގައި ޕާކްކޮށްފައި!

25 ޖުލައި 2024 - 07:21 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މާލޭގެ މަގެއްގައި ދެ ބަރިއަށް ވެހިކަލްތައް ޕާކްކޮށްފައި. -- ފޮޓޯ: އަދަދު


ރަޖިސްޓްރީ ނުކުރާ ހަތަރު ފުރޮޅުލީ 1100 ވެހިކަލް މަގުމަތީގައި ޕާކްކޮށްފައި!

25 ޖުލައި 2024 - 07:21 1

ރަޖިސްޓްރީ ނުކުރާ ހަތަރު ފުރޮޅުލީ 1100 އަށް ވުރެ ގިނަ ވެހިކަލް މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ޕާކްކޮށްފައި އެބައޮތް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފި އެވެ.

ވެހިކަލްތަކުން ފުރިބާރުވެފައިވާ މާލޭގެ މަގުތައް ތައްކަތުކުރަން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ މޭސްތިރިކަމުގައި އެކުލަވާލައި ރޭ އިފްތިތާހުކުރި "މާލެފަހި" ޕްރޮގްރާމުގައި ހިމެނޭ ކަންކަން ހިމަނައިގެން ތައްޔާރުކޮށްފައިވާ ކަރުދާހުގައި ބުނެފައި ވަނީ ވިއްކާލެވެންދެން ނުވަތަ ރަޖިސްޓްރީ ކުރެވެންދެން ގިނަ އުޅަނދުތަކެއް މަގުމަތީގައި ގުދަންކޮށްފައި ބަހައްޓާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"މިފަދަ އުޅަނދުތައް ހުރި އަދަދު ދެނެގަތުމަށް ކުރި ސާވޭތަކުން ދައްކާ ގޮތުގައި މާލެ އަދި ހުޅުމާލޭގެ މަގުތަކުގައ،ި ރަޖިސްޓްރީ ނުކުރާ 1100 އަށްވުރެ ގިނަ ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކޮށްފައިވާކަން ފާހަގަ ކުރެވޭ،" ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވެ އެވެ.

މި މައްސަލަ ހައްލުކުރަން ވިޔަފާރި އުސޫލުން ވިއްކުމަށް ގެންނަ އުޅަނދު މަގުމަތީގައި ގުދަންކުރުމުގެ ބަދަލުގައ،ި ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ވަކި ސަރަހައްދަކުން ބިން ކަނޑައަޅައ،ި ވިޔަފާރި އުސޫލުން އެ ފަރާތްތަކަށް ޖާގަ ދޫކުރަން އާ ޕްލޭންގައި ކަނޑައަޅާފައިވެ އެވެ. އެގޮތުން އިމްޕޯޓުކޮށްގެން އޮޓޯމޮބައިލް ވިޔަފާރިކުރުމަށ،ް ޝޯރޫމް ނުވަތަ ގުދަން ހެދޭނެ ގޮތަށް ތިލަފުށިން ބިން ދޫކުރާނެ އެވެ.

"ބިން ދޫކުރެވޭނީ މި މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން ބިޑްކުރެވިގެން އޮޓޯމޮބައިލް ވިޔަފާރިކުރުމަށް ކަނޑައެޅ ސަރަޙައްދުގެ ޕްލޭނާ އެއްގޮތަށް،" މާލޭފަހި ޕްރޮގްރާމާ ގުޅޭ ކަރުދާހުގައި ބުނެފައިވެ އެވެ.

ވެހިކަލް މަދުކުރަން ބައިބެކް ޕްލޭނެއް

މާލޭ ސަރަހައްދުގައި މިހާރު ވެސް 118،000 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެ އެވެ. އޭގެ ތެރޭގައި އެކެއްގެ ނަމުގައި ވެސް ގިނަ އުޅަނދުތަކެއް ރަޖިސްޓްރީކޮށްފައިވެ އެވެ. ތަފާތު ލޯން ސްކީމްތައް މެދުވެރިކޮށ،ް ވެހިކަލް ގަނެ، ފައިސާ ދެއްކުމަށް ދަތިވެފައިވާ ގިނަ އަދަދެއްގެ އުޅަނދު ހުރިކަން ޓްރާންސްޕޯޓު މިނިސްޓްރީއަށް ވަނީ ފާހަގަ ކުރެވިފަ އެވެ.

"މިފަދަ އުޅަނދު ވިއްކާލަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއި އެކު ވިއްކާލެވޭނެ ފުރުސަތު ހުޅުވާލުމުގެ ގޮތުން އެކަށޭނެ ފަންޑެއް (ބައިބެކް ޕްރޮގްރާމެއް) އެކުލަވާލައ،ި އުޅަނދުގެ ވެލުއޭޝަން ހެދުމަށް ފަހު، ވެރިފަރާތުގެ އަތުން އުޅަނދުތައް ގަނެ ރީސައިކަލްކުރުނ،ް ރީއެކްސްޕޯޓު ކުރުން ނުވަތަ ބައުދަގަނޑުގެ ގޮތުގައި އެކްސްޕޯޓްކުރުމުގެ ނިޒާމެއް ގާއިމުކޮށ،ް އިންތިޒާމް ހަމަޖެއްސުމަކީ މަގުތަކުގެ ތޮއްޖެހުން ކުޑަވާނެ ކަމެއް،" މާލޭފަހި ކަރުދާހުގައި ބުނެފައިވެ އެވެ.

އެހެންވެ، ކުރިއަށް އޮތް ތިން އަހަރު ދައުލަތުގެ ބަޖެޓުގައި ބައިބެކް ޕްލޭނަށް ފައިސާ ހިމަނައި އެކަން ތައާރަފު ކުރަން ޓްރާންސްޕޯޓުން ވަނީ ކަނޑައަޅައިފަ އެވެ. އޭރުން 18-21 ޕަސެންޓާާ ދެމެދުގެ އަދަދެއްގެ ވެހިކަލް މީހުން ދޫކޮށްލާނެ ކަމަށް ސާވޭއިން އެނގޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެ އެވެ.