Advertisement

ކުނި އުކާލުމާއި ބޮޑެތި ވެހިކަލްތަކުގައި މުދާ އުފުލުން ރޭގަނޑަށް ބަދަލު ކުރަނީ

25 ޖުލައި 2024 - 06:37 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ލޮރީއެއްގައި މުދާ އުފުލަނީ: ސަރުކާރުން ރޭ އިފުތިތާހުކުރި ޕްރޮގްރާމުގައި މުދާ އުފުލުމާއި ކުނި އުކާލާ ގަޑި ބަދަލުކުރަން ހުށަހަޅާފައިވޭ. -- ފޮޓޯ: އަދަދު


ކުނި އުކާލުމާއި ބޮޑެތި ވެހިކަލްތަކުގައި މުދާ އުފުލުން ރޭގަނޑަށް ބަދަލު ކުރަނީ

25 ޖުލައި 2024 - 06:37 1

މާލޭ ސަރަހައްދުގައި ކުނި އުކާލުމާއި ބޮޑެތި ވެހިކަލްތަކުގައި މުދާ އުފުލުން ރޭގަނޑަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ވެހިކަލްތަކުން ފުރިބާރުވެފައިވާ މާލޭގެ މަގުތައް ތައްކަތުކުރަން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ މޭސްތިރިކަމުގައި އެކުލަވާލައި ރޭ އިފްތިތާހުކުރި "މާލެފަހި" ޕްރޮގްރާމުގައި ކަނޑައަޅާފައިވަނީ ވަކި ސައިޒަކަށް ވުރެ ބޮޑެތި އުޅަނދު ބޭނުންކޮށްގެން މުދާ އުފުލުން ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް ބަދަލު ކުރުމަށެވެ. އަދި ކުނި އުކާލުން ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ބަދަލު ކުރުމަށެވެ.

މި ބަދަލުގެ ސަބަބުން މަގުމަތީގެ ތޮއްޖެހުން ކުޑަވެގެން ދާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެ އެވެ.

މި ކަންކަން ތަންފީޒުކުރުން ކުރިއަށް ގެންދާނީ ކަމާ ގުޅޭ ހުރިހާ އިދާރާތަކާ ގުޅިގެން ކަމަށް ވެސް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެ އެވެ.

މުދާ އުފުލާ ގަޑިތައް އެންމެ ފަހުން ރޭގަނޑަށް ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އެ ނިންމުން ބަދަލުކުރި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނި ގޮތުގައި ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ހަތަރު ފުރޮޅުލީ 74،000 އަށް ވުރެ ގިނަ ވެހިކަލް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވެ އެވެ.

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރަން ގިނަ ބަދަލުތަކެއް ގެނައުމަށް "މާލެފަހި" ޕްރޮގްރާމުގައި ހިމަނާފައިވެ އެވެ.