Advertisement

އެމްޑީޕީގެ ނައިބު ރައީސްއަކަށް ހިސާން އައްޔަނުކޮށްފި

24 ޖުލައި 2024 - 16:23 1

މުހައްމަދު ޝަހްޒާން

މ

Advertisement

އެކި މަގާމުތަކުގައި ހިސާން އެމްޑީޕީއަށް މަސައްކަތް ކުރައްވާތާ މިހާރު 17 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


އެމްޑީޕީގެ ނައިބު ރައީސްއަކަށް ހިސާން އައްޔަނުކޮށްފި

24 ޖުލައި 2024 - 16:23 1

Advertisement

Advertisement

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަގާމަށް އެ ޕާޓީގެ ލީގަލް ޑިރެކްޓަރު، ހިސާން ހުސެއިން އައްޔަނު ކޮށްފި އެވެ.

ހިސާން އެ މަގާމަށް އައްޔަނު ކުރީ މިހާރު ކުރިއަށްދާ އެމްޑީޕީ ގައުމީ މަޖިލީހުންނެވެ.

Advertisement

އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަގާމަށް ހިސާންގެ ނަން ހުށަހެޅުއްވީ އެ ޕާޓީގެ ރައީސް، އަބްދުﷲ ޝާހިދު އެވެ. އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަގާމަށް ހިސާންގެ ނަން ހުށަހެޅުއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ "އެކަމަނާއަކީ މި މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅެއް ކަމަށް" ދެކެވަޑައިގަންނަވާ ކަމަށާއި އެމްޑީޕީގެ ލީޑަޝިޕުގައި އަންހެނުން މަދުވުމަކީ ވެސް ހިސާންގެ ނަން ހުށަހަޅުއްވަން ނިންމެވި ސަބަބެއް ކަމަށެވެ.

ހިސާން އަކީ ނިމިދިޔަ އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރެވެ. ނަމަވެސް 20 ވަނަ މަޖިލީހަށް އޭނާ ވާދައެއް ނުކުރައްވަ އެވެ. ކުރިން އޮތް 19 ވަނަ މަޖިލީހުން ޖޭއެސްސީއަށް ކަނޑައެޅި މެންބަރުގެ ގޮތުގައި ހިސާން ވަނީ ވެއެތުވެދިޔަ ފަސް އަހަރު އެ ކޮމިޝަނުގެ މެންބަރުކަން ވެސް އަދާކުރައްވައިފަ އެވެ.

Advertisement

އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން ހިސާން: އޭނާ އެމްޑީޕީގެ އިސް ސަފުގައި 17 އަހަރު ހޭދަކުރައްވާފައިވޭ - ފޮޓޯ: އެމްޑީޕީ


އެކި މަގާމުތަކުގައި ހިސާން އެމްޑީޕީއަށް މަސައްކަތް ކުރައްވާތާ މިހާރު 17 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.

އެމްޑީޕީގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތެއްގެ ގޮތުގައި ހިސާން އެންމެ ފުރަތަމަ ކުރެއްވީ، 2007 ގައި އެ ޕާޓީން އުފެއްދި ޝެޑޯ ކެބިނެޓުގެ ޝެޑޯ މިނިސްޓާ، ލޯ އެންޑް ޖަސްޓިސްގެ މަގާމެވެ. އޭގެ ފަހުން އެ ޕާޓީގެ ފުރަތަމަ ވެރިކަމުގައި ލީގަލް އެފެއާޒް ސެކްރެޓަރީކަން ވެސް ކުރެއްވި އެވެ.

އޭނާ ޕާޓީގެ ލީގަލް ޑިރެކްޓަރުގެ މަގާމު އަދާކުރައްވަން ފެށީ 2012 ވަނަ އަހަރެވެ. މިއަދާ ހަމައަށް ވޭތުވެދިޔަ 12 އަހަރެއްހާ ދުވަހު ޕާޓީއަށް ދިމާވި ގާނޫނީ ގިނަ ގޮންޖެހުންތަކުގައި ހިސާންގެ މަސައްކަތް ފާހަގަކުރެވެ އެވެ. އެގޮތުން ހާއްސަކޮށް 2012 އިން 2018 އަށް އެމްޑީޕީ އިދިކޮޅުގައި އޮތް ދުވަސްވަރު ޕާޓީގެ ގިނަ އިސްވެރިން ޖަލަށްލުމުން އަދި ސަރުކާރުން ކުރިމަތިކުރި ދައުވާތަކުގެ ދިފާއުގައި އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

އިދިކޮޅުގައި އޭރު އޮތް ޕާޓީތަކުން އެކުވެ 2016 ގައި އުފެއްދި ޝެޑޯ ކެބިނެޓުގައި ވެސް މަސައްކަތް ކުރައްވާ ހަމަ އެ އަހަރު، އޭރު އޮތް ޕީޕީއެމްގެ ސަރުކާރާއެކު ބޭއްވި އޯލް ޕާޓީ ޓޯކްސްގައި އެމްޑީޕީ ތަމްސީލުކުރެއްވީ ވެސް ހިސާން އެވެ.

Advertisement

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ފޫޅުމާ

8 months ago

މަހީކުރީ ތީ އިންތިޚާބުކުރާ މަގާމެއްކަމަށް. ވެރިކަމުގައި ހުންނަ މީހާ ބަހާއެއްޗެއްބާ؟