12 ޖުލައި 2024 - 18:50 0
ލީވާން އަލީ ނާސިރު
ހުޅުމާލެ ފަޅު ތެރޭގައި ޑިންގީއެއް ދުއްވާފައި ދަނީ. އެ ރަށުގެ ނެރު ބޭރަކީ މިހާރު ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޑައިވިންއަށް ދާ ސަރަހައްދެއް --- ފޮޓޯ: ސާއިފް ޝިޔާދު/އަދަދު
12 ޖުލައި 2024 - 18:50 0
ހުޅުމާލޭގައި ޑައިވިންއަށް ގޮސް އުޅުނު ތައިލެންޑް އަންހެނަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ތައިލެންޑްގެ 55 އެ އަންހެން މީހާ މަރުވިކަމުގެ ރިޕޯޓު ލިބިފައި ވަނީ ހެނދުނު 11:00 ޖެހިއިރު ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
ރާއްޖޭގައި ވަރަށް ގިނައިން ޑައިވިނަށް ގޮސް އުޅެނިކޮށް ގެނބިގެން މީހުން މަރުވެފައިވެ އެވެ. އަދި މަރުވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީ މީހުންކަން ފާހަގަކޮށްލެވެ އެވެ.
Comment