Advertisement

އެމްއޭސީގެ "އަންވެއިލިން ވިޝަންސް" އާޓް އެގްޒިބިޝަން ހުޅުވައިފި

9 ޖުލައި 2024 - 17:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

"އަންވެއިލިން ވިޝަންސް 2024" މައުރަޒުގައި ހުރި ކުރެހުންތަކެއް ބަލައިލަނީ: މި އެގްޒިބިޝަން ހުޅުއްވައިދެއި އުރީދޫގެ ސީސީއޯ ނިޔާޒާއި (ވ-2) އާއި މާލެ ސިޓީ މޭޔަރު އާޒިމް މައުރަޒު ބައްލަވާލައްވަނީ -- ފޮޓޯ: އެންއޭސީ


އެމްއޭސީގެ "އަންވެއިލިން ވިޝަންސް" އާޓް އެގްޒިބިޝަން ހުޅުވައިފި

9 ޖުލައި 2024 - 17:11 0

މޯލްޑިވްސް އާޓްސް ކޮމިއުނިޓީ (އެމްއޭސީ) އިން އިންތިޒާމުކޮށްގެން ބާއްވާ "އަންވެއިލިން ވިޝަންސް 2024" އެގްޒިބިޝަން އާންމުންނަށް ހުޅުވާލައިފި އެވެ.

ނެޝަނަލް އާޓް ގެލެރީގައި އޮތް އެ އެގްޒިބިޝަން ހުޅުވައިދެއްވީ އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސެއިން ނިޔާޒް އެވެ. އެ ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޖުލައި، 20 ގެ ނިޔަލަށް ކުރިއަށްދާ އެގްޒިބިޝަންއަށް 200 އާޓް ޕީސް ހުށަހެޅި އެވެ. އޭގެ ތެރެއިން ހޮވާލައިގެން އާޓް ގެލެރީގައި ދައްކާލައިފައި ވަނީ 105 އާޓް ޕީސް އެވެ.

އެގްޒިބިޝަން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 10:00 ޖަހާއިރަށް އަދި ހުކުރު ދުވަހު އިރުއޮއްސި 06:00 އިން ފެށިގެން ރެގަނޑު 08:00 ޖަހަންދެން އޮންނާނެ އެވެ.

ކޮންމެ ދިވެއްސަކަށް ވެސް އެ އެގްޒިބިޝަންއަށް 25ރ. ދައްކައިގެން ވަދެވެ އެވެ. އަދި ފަތުރުވެރިންނަށް އެގްޒިބިޝަން އަށް ވަދެވޭނީ ދެ ޑޮލަރު ދައްކައިގެންނެވެ. ފައިސާ ކޭޝް ނުވަތަ ޓްރާންސްފާ މެދުވެރިކޮށް ދެއްކެ އެވެ.

ނަމަވެސް ސްކޫލް ކުދިންނާއި، 10 އަހަރުން ދަށުގެ ކުދިންނަށް ހިލޭ އެގްޒިބިޝަނަށް ވަދެވެ އެވެ.

އަންވެއިލިން ވިޝަން އެގްޒިބިޝަންއަކީ ރާއްޖޭގެ އާޓިސްޓުންގެ ހުނަރު ދައްކާލުމަށް ޕްލެޓްފޯމެއް ގާއިމުކޮށްދިނުމަށް އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެގްޒިބިޝަނެކެވެ.

ނޮން ޕްރޮފިޓް އޯގަނައިޒޭޝަނެއް ގޮތުގައި 2016 އިން ފެށިގެން ހަރަކާތްތެރިވަމުން އަންނަ އެމްއޭސީއިން އަންނަނީ އާޓިސްޓުންގެ މަސައްކަތްތައް އާންމުންނާ ހިސާބަށް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.