Advertisement

އާޓު ގެލެރީގެ ކަރަންޓު ކޭބަލްތައް ވަގަށް ނަގައިފި

4 އޮކްޓޯބަރު 2024 - 19:53 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓު ގެލެރީގެ ކަރަންޓު ކޭބަލްތައް ވަގަށް ނަގާފައި: މިކަމާ ގުޅިގެން ފަންނުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުން --- ފޮޓޯ: އެކްސް


އާޓު ގެލެރީގެ ކަރަންޓު ކޭބަލްތައް ވަގަށް ނަގައިފި

4 އޮކްޓޯބަރު 2024 - 19:53 0

މާލޭގައި ހުންނަ ނޭޝަނަލް އާޓު ގެލެރީގެ ކަރަންޓު ކޭބަލްތައް ވަގަށް ނެގުމާ ގުޅިގެން ފަންނާނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓުކުރީ މަޝްހޫރު ކުރެހުންތެރިޔާ ކުރެހުންތެރިޔާ، އަހުމަދު އަޒްމީ ހަލީމް (ބާޗީ) އެވެ.

އެކްސްގައި އޭނާ ކުރި ޕޯސްޓުގައި ބުނީ މިއީ މިކަން ވީ ފުރަތަމަ ފަހަރު ނޫން ކަމަށާއި މިއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި މިކަން ތަކުރާރުވުމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.

"ގެލެރީގައި ކަރަންޓު ހުންނަކަން ކަށަވަރުކުރުމަކީ އާޓިސްޓުންގެ ޒިންމާއެއް ނޫން. ނޭޝަނަލް ސެންޓާ ފޯ އާޓްސް އަދި ގެލަރީގެ މެނޭޖްމަންޓުން މިކަން ހައްލުކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރަންޖެހޭ،" ބާޗީ ލިޔެފައިވެ އެވެ.

އަދި މިއީ ގަސްތުގައި ފަންނުވެރިންނާއި އެގްޒިބިޝަންތަކަށް ހުރަސް އެޅުމަށް ކުރެވޭ ކަމެއް ކަމަށް ބެލެވޭ ކަމަށް ބުނެ ބާޗީ ވަނީ ފަންނުވެރިންގެ ބުރަ މަސައްކަތައް މިއަށްވުރެ ރައްކާތެރިކޮށް ބެހެއްޓޭނެކަން ކަށަވަރު ކުރުމަށް ގެލަރީގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށްވެސް ގޮވައިލައިފަ އެވެ.