Advertisement

ފުއާދު ތައުފީގުގެ ބަޔޯގްރަފީ ފޮތް ނެރެން ތައްޔާރުވެއްޖެ

8 ޖުލައި 2024 - 10:00 0

ނިމާ ހަސަން

ނިމާ ހަސަން

ފުވާދު ތައުފީގު; އޭނާގެ ހަޔާތުގެ ތަފްސީލީ ވާހަކަތައް ހިމެނޭ ބައޯގްރަފީ ފޮތެއް ނެރެން ތައްޔާރުވެއްޖެ -- ފޮޓޯ: އަދަދު


ފުއާދު ތައުފީގުގެ ބަޔޯގްރަފީ ފޮތް ނެރެން ތައްޔާރުވެއްޖެ

8 ޖުލައި 2024 - 10:00 0

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ ހަޔާތުގެ ތަފްސީލީ ވާހަކަތައް ހިމެނޭ ބަޔޯގްރަފީ ފޮތެއް ނެރެން ތައްޔާރުވެއްޖެ އެވެ.

މި މަހު ނެރޭ 190 ސޮފްހާގެ މި ފޮތުގައި, މިހާރު އުމުރުން 69 އަހަރުގެ ފުއާދުގެ ހަޔާތުގެ މުހިންމު ހުރިހާ ވާހަކަތަކެއް ހިމެނޭނެ އެވެ. އޭގައި ފުއާދުގެ ތުއްޕުޅުއިރުގެ ދުވަސްތަކުން ފެށިގެން ގައުމީ ހިދުމަތުގެ ދުވަސްތަކާ ހަމައަށް ވެސް ހިމެނޭނެ އެވެ.

މި ފޮތް ލިޔުނީ ސަން އޮންލައިންގެ މެނޭޖިން އެޑިޓަރު, ޑިރެކްޓާ ނިއުސް, އަހުމަދު ސާއިލް އަލީ އެވެ. މިއީ ސާއިލް ލިޔާ ދެވަނަ ބަޔޮގްރަފީ ފޮތެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުއާދުގެ ހިދުމަތްތެރި ހަޔާތަކީ ގިނަ އިބުރަތްތަކެއް ލިބެނެވި ކަމެކެވެ. އެގޮތުން ސިޔާސީ ގޮންޖެހުންތަކާއި, ވާދަވެރިކަމުގައި ފިތި, އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރެއްވޭ ހާލަތުގައި ވެސް ފުއާދު ދެއްކެވި ހިތްވަރު ފޮތުގައި ބުނެދީފައިވާނެ ކަމަށް ސާއިލް ވިދާޅުވި އެވެ.

"ވެރީންނަށް ރައްޔިތުންގެ އިތުބާރު ކުޑަވެފައިވާ ޒަމާނެއްގައި ފުއާދަކީ, ދިވެހިންނަށް ލިބުނު މުތެއް. އެއީ ހިންގުމާއި, ރޭވުމާއި، ތަންފީޒު ކުރެއްވުމުގައި އެފަދަ ދެވަނައެއް ނެތް ފަދަ ފަސްމީރުކުރި ރުކެއް. މި ފޮތަކީ އޭނާގެ ހަޔާތުނާމާ," ސާއިލު ބުންޏެވެ.

އޭނާ ވިދާޅުވީ މި ފޮތުގެ ލިބޭނެ އެންމެ ބޮޑު މެސެޖަކީ އެންމެން ލޯބިވާ އަދި އިހުތިރާމުކުރާ މީހަކަށްވާން ފުއާދު ގެންގުޅުއްވި ޕްރިންސިޕަލްތަކެވެ. އަދި ގޮންޖެހުންތަކާއި, ހިތާމަތަކާ ކުރިމަތިވުމުން ފުއާދު އަމަލުކުރައްވާ ގޮތަކީ އިބުރަތަކަށް ފުދޭނެ ކަންކަން ކަމަށް ވެސް ސާއިލް ވިދާޅުވި އެވެ.

މިހާރު ކުރިއަށް ދަނީ ފޮތުގެ ޕްރިންޓިންގެ މަސައްކަތެކެވެ. އަދި މި މަސް ތެރޭގައި މި ފޮތް ނެރޭނެ އެވެ.