Advertisement

ޓީމު ނަގަން ނުފޫޒެއް ނެތް، ޖޯޖިއާގެ ކޮންޓްރޯލް އޮތީ ކޯޗު އަތުގައި

26 ޖޫން 2024 - 11:06 0


ޓީމު ނަގަން ނުފޫޒެއް ނެތް، ޖޯޖިއާގެ ކޮންޓްރޯލް އޮތީ ކޯޗު އަތުގައި

26 ޖޫން 2024 - 11:06 0

ގެލްސެންކާޗެން (ޖޫން 26) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ޖޯޖިއާ ޓީމުގެ ސްކޮޑު ނެގުމާއި ކުޅޭނެ ކުުޅުންތެރިން ކަނޑައެޅުމުގައި ނުފޫޒެއް ނެތް ކަމަށާއި ފުރިހަމަ ކޮންޓްރޯލް އޮތީ އޭނާ އަތުގައި ކަމަށް އެ ޓީމުގެ ކޯޗު ވިލީ ސަންޔޯލް ބުނެފި އެވެ.

ގްރޫޕް ފަހު މެޗުގައި މިރޭ، ވަރުގަދަ ޕޯޗުގަލް އާއި ދެކޮޅަށް ޖޯޖިއާ އިން ނުކުންނާނީ އެ ޓީމުގެ އެންމެ މޮޅު ކުޅުން ދައްކަން ކަމަށް ސަންޔޯލް ވަނީ ބުނެފަ އެވެ.

ގްރޫޕް އެފްގެ ފަހު މެޗަށް ޖޯޖިއާ އިން ނުކުންނައިރު, އެ ޓީމުން މި މުބާރާތުގައި ކުޅުނު ދެ މެޗުން އެއް ޕޮއިންޓް ވަނީ ލިބިފަ އެވެ. އެހެންވެ, މި މެޗުން މޮޅުވެ، ދެ ވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.

ޕޯޗުގަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސަންޔޯލް ބުނީ ޖޯޖިއާ އަށް ޔޫރޯގައި ކުޅުން ވެސް މިއީ ކާމިޔާބީ އެއް ކަމަށެވެ. އެކަމަކު, އޭނާގެ ޓީމުން އެ އަށް ވުރެ ދުރަށް ދާން ބޭނުންވާ ކަމަށާއި، އެއީ ޖޯޖިއާ މުޅި ޓީމުގެ ހުވަފެން ކަމަށެވެ.

"އަހަރެމެން އަށް މިހާރުވެސް މިއީ ކާމިޔާބީ އެއް. އެކަމަކު އަހަރެންގެ ޓީމުން މި އަށްވުރެ ބޮޑު ކާމިޔާބީ އަކަށް ހުވަފެން ދެކެން. އެކަމަކު ޕޯޗުގަލް އަކީ ތަރިންގެ ޓީމެއް. ބަލިކުރުން ވާނީ އުނދަގޫ ކަމަކަށް." ފްރާންސް ގައުމީ ޓީމުގެ ކުރީގެ ފުލްބެކް، ސަންޔޯލް ބުންޏެވެ.

މި މުބާރާތައް އައިއިރު, ޖޯޖިއާ ސްކޮޑް ނެގިގޮތާ މެދު ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. އެ ގޮތުން ސިޔާސީ ގޮތުން ޓީމަށް ބާރު ފޯރުވާ ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.

މި ތުހުމަތުތަކަށް ރައްދުދީ ސަންޔޯލް ބުނީ ޖޯޖިއާ ޓީމު ނެގީ އޭނާ ކަމަށެވެ. އަދި މިވަގުތު ޖޯޖިއާ ސްކޮޑުގައި ތިބި ކޮންމެ ކުޅުންތެރިޔަކީ ވެސް އޭނާ ބޭނުންވެގެން ސްކޮޑަށް ނަގާފައި ތިބި ކުޅުންތެރިން ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފަ އެވެ.

"އަހަރެން ބޭނުމެއް ނޫން ސިޔާސީ ވާހަކަތަކުގެ ތެރެއަށް ވަންނާކަށް. އަހަރެން އަށް އެނގޭ ކަމަކީ ޖޯޖިއާގެ ސްކޮޑުގައި މިތިބީ އަހަރެން ބޭނުންވި ކުޅުންތެރިންކަން" ސަންޔޯލް ބުންޏެވެ.

މިއީ ޖޯޖިއާ އާއި ޕޯޗުގަލްގެ ދެ ވަނަ ކުރިމަތިލުމެވެ. މީގެ ކުރިން މި ދެ ޓީމު ވަނީ 2008 ވަނަ އަހަރުގެ ޔޫރޯގެ ކުރިން ވޯމްއަޕް މެޗެއްގައި ކުޅެފަ އެވެ. ޕޯޗުގަލް އެ މެޗުން ވަނީ 2-0 އިން މޮޅުވެފަ އެވެ.