Advertisement

އޮސްޓްރޭލިއާގެ އިދިކޮޅު ޕާޓީގެ އަހަރީ ކޮންފަރެންސްގައި ބައިވެރިވާން ފައްޔާޒް ފުރާވަޑައިގެންފި

19 ޖޫން 2024 - 09:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: އިދިކޮޅު ޕާޓީގެ އަހަރީ ކޮންފަރެންސަށް އޮސްޓްރޭލިއާއަށް ވަނީ ފުރާވަޑައިގެންފައި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އޮސްޓްރޭލިއާގެ އިދިކޮޅު ޕާޓީގެ އަހަރީ ކޮންފަރެންސްގައި ބައިވެރިވާން ފައްޔާޒް ފުރާވަޑައިގެންފި

19 ޖޫން 2024 - 09:15 0

އޮސްޓްރޭލިއާގެ އިދިކޮޅު ލިބަރަލް ޕާޓީގެ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އޮސްޓްރޭލިއާގެ ސިޑްނީއަށް މިރޭ ފުރާވަޑައިގެންފި އެވެ.

ފައްޔާޒްގެ މި ދަތުރުފުޅަކީ އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން (އައިޑީޔޫ) ގެ ސިސްޓާ ޕާޓީ، ލިބަރަލް ޕާޓީގެ އަހަރީ ކޮންފަރެންސްގައި ބައިވެރިވުމަށް، އެ ކޮންވެންޝަންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި ލިބަރަލް ޕާޓީއާއެކު އެކި ކަހަލަ މަޝްވަރާތައް ކޮށް، އެ ޕާޓީގެ ތަޖުރިބާތައް އެމްޑީޕީއާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ލިބަރަލް ޕާޓީއަކީ އޮސްޓްރޭލިއާގެ ވެރިކަމުގައި އޮތުމަށްފަހު، އިންތިހާބުން ބަލިވެގެން މިހާރު އިދިކޮޅު ޕާޓީގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ޕާޓީ އެވެ.

ފައްޔާޒް "އަދަދު" އަށް ވިދާޅުވީ ކޮންވެންޝަންގެ ތެރޭގައި އިދިކޮޅު ޕާޓީގެ ގޮތުގައި ލިބަރަލް ޕާޓީ އޮވެގެން ހިންގާ ގޮތާއި، ކެމްޕޭން ސްޓްރެޓެޖީސް ކުރިއަށް ގެންދާ ގޮތް އެނގިގެންދާނެ ކަމަށެވެ.

"އެމްޑީޕީވެސް ޕާޓީ ވަރުގަދަ ކުރަމުންދާއިރު ޑިމޮކްރެޓިކް އެކި ޕާޓީތައް ފަންކްޝަން ކުރާ ގޮތް ބަލައި، އޭގެއިން ތަޖުރިބާ ހޯދައި ރޯޑް މެޕް ހެދުމަށް ފަސޭހަވެގެންދާނެ. އައިޑީޔޫގެ މެންބަރު ގައުމުތަކުގެ ޕާޓީތައް ކޮންވެންޝަންގައި ބައިވެރިވޭ. އެ ޕާޓީތަކާއެކު ވެސް ބައްދަލުވާނެ،" ފައްޔާޒް ވިދާޅުވި އެވެ.

ދުނިޔެ ބަދަލުވަމުން އަންނަ އޮއިވަރު ތެރޭގައި އެހެން ގައުމުތަކުން ކުރިމަތިލާ ގޮންޖެހުންތަކާއި ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ރަނގަޅު ތަޖުރިބާތަކެއް އެ ދަތުރުން ލިބޭނެ ކަމަށާއި އޭގެ އެހީގައި އެމްޑީޕީގެ ކަންކަން ވެސް ބައްޓަން ކުރަން ފަސޭހަވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އެ ދަތުރުގައި އެމްޑީޕީ ތަމްސީލް ކުރެއްވުމަށް ފައްޔާޒްގެ އިތުރުން ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އަދި ގައުމީ މަޖިލިސް މެންބަރު މުހައްމަދު ޖައިޝް ބައިވެރިވެވަޑައިގަންނާވާނެ އެވެ.