about 1 hour 0
މުހައްމަދު ޝަހްޒާން
މިދިޔަ ބުރާސްފަތި ދުވަހު މަސްވެރިން ކަނޑުމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން -- ފޮޓޯ: އިބްރާހިމް ޝާފިއު އަހުމަދު / އަދަދު
about 1 hour 0
ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި މީހުން އިތުރަށް ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް އިއްޔެގެ މުއްދަތު މަޖިލީހުގައި ފުލުހުންނަށް ބުނެ ނުދެވުނު ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ފަސް ދުވަހު ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އަމުރުކުރީ ސިޔާސީ ނުފޫޒެއްގައި ޖެހިގެން ކަމަށާއި ކޯޓުން އަމަލުކުރީ ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށެެވެ. އެ ޕާޓީން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
"މި ގޮތަށް އަމުރުކުރި ނަމަވެސް އެ މީހުންނަށް ކުރާ ތުހުމަތުތަކާ ބެހޭ އެއްވެސް ހެއްކެއް ހުރިކަމަށް ފުލުހުންނަށް ބަންދުގެ އަޑުއެހުމުގައި ސާފުކޮށް ބުނެދެވިފައެއް ނުވެ އެވެ. އަދި އިތުރަށް ބަންދުގައި ބައިތިއްބަންޖެހޭ ގާނޫނީ ސަބަބެއް ވެސް ބަޔާން ކޮށްދެވިފައެއް ނުވެ އެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
މަސްވެރިންގެ މުޒާހަރާއިން ބުރާސްފަތި ދުވަހު ހައްޔަރުކުރީ ތިން މީހުން ކަމަށް ފުލުހުން ބުންޏެވެ. އެއީ ދެ ކެޔޮޅުންނާއި ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު އެވެ. އޭގެއިތުރުން ދެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހަތަރު ބިދޭސީންނެވެ. އެ މީހުންނާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.
ނަމަވެސް، އިތުރު ދިވެއްސަކު ވެސް އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. އެއީ ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ މެންބަރު، މުހައްމަދު ސާދިގު ކަމަށޤ އެމްޑީޕީން ބުންޏެވެ. އޭނާގެ ބަންދަށް ވެސް ފަސް ދުވަސް އިއްޔެ ޖަހާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ދިވެހީންނެކޭ އެއްގޮތަށް ބިދޭސީން ވެސް ބަންދުގައި ބޭތިއްބޭނީ ބަންދުގެ މުއްދަތު ޖަހައިގެން ކަމަށެވެ. ނަމަވެސް އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައި ނުވާތީ އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ވަގުތުން ވަގުތަށް ދޫކޮށްލުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
Comment