Advertisement

ގާނޫނު ތަންފީޒުކުރުމުގައި އިދާރާތައް ބަލިކަށިވެ، ރާއްޖެ ކުޅޭ ކުޅޭ ގައުމަކަށްވެއްޖެ: އާޒިމް

19 ޖޫން 2024 - 04:28 1

ލީވާން އަލީ ނާސިރު

ލ

Advertisement

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް: ގަނޫނު ތަންފީޒުކުރުމުގައި އިދާރާތައް ބަލިކަށިވެ، ރާއްޖެ ކުޅޭ ކުޅޭ ގައުމަކަށްވެއްޖެ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާން ނާޝިމް / އަދަދު


ގާނޫނު ތަންފީޒުކުރުމުގައި އިދާރާތައް ބަލިކަށިވެ، ރާއްޖެ ކުޅޭ ކުޅޭ ގައުމަކަށްވެއްޖެ: އާޒިމް

19 ޖޫން 2024 - 04:28 1

Advertisement

Advertisement

ގާނޫނު ތަންފީޒު ކުރުމުގައި އިދާރާތައް ފަސްޖެހޭތީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އާޒިމް "އަދަދު" އަށް ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމުގައި ރާއްޖޭގެ އިދާރާތައް އޮތީ ވަރަށް ބަލިކަށިކޮށް ކަމަށާއި ކުށެއް ކޮށްފިނަމަ ގާނޫނު ބުނާގޮތަށް އެ ކުށަކަށް އެކަށީގެންވާ އަދަބު ލިބެން ޖެހޭ ކަމަށެވެ.

Advertisement

ނަމަވެސް ގާނޫނު ތަންފީޒު ކުރުމުގައި އިދާރާތައް ނިކަމެތިވެގެން ގޮސް މުޅި ރާއްޖެ ހަލާކުވަމުންދާ ކަމަށާއި އެއްވެސް އުޒުރެއް ނުދައްކައި އިދާރާތަކުން ފަސްނުޖެހި ގާނޫނު ތަންފީޒު ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ގައުމަކީ މިހާރު ކުޅޭ ކުޅޭ ތަނެއް. އެމީހަކު އުޅޭނެހާ ގޮތަކަށް އުޅެންވީ. ކުރާނެ ކަމެއް ކުރަންވީ. އެކަން އެ ފެންނަނީ. މިއީ މުޅި ރާއްޖޭގެ ވެސް ހާލަތު. ހުރިހާ ތަންފީޒީ އިދާރާތަކުން ވެސް އެބަ ޖެހޭ އެއްވެސް ކަހަލަ އުޒުރެއް ނުދައްކައި ގާނޫނު ތަންފީޒު ކުރަމުންދާން،" އާޒިމް ވިދާޅުވި އެވެ.

ރައްޔިތުން މީހުން މަގާމުތަކަށް އިންތިހާބު ކޮށްފައި އުންމީދުގައި ތިބީ ސަލާމަތާއި ރައްކާތެރިކަން އޮތް މުޖުތަމައުއެއް އެމީހުންނަށް ލިބޭނެ ކަމަށްކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަން ނެތް މުޖުތަމައުއެއްގައި ނުވެސް އުޅެވޭނެ ކަމަށާއި މިހާރު ފެނިގެންދަނީ އެ މަންޒަރު ކަމަށެވެ.

Advertisement

ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން ދަނީ ގާނޫނުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުން ކަމަށާއި ގޯސްކޮށް ކަންތައްތަކެއް ކުރަމުންދާއިރު ވެސް ފިޔަވަޅުތައް ނޭޅި ދޫކޮށްލެވިގެންދާތަން ފެންނަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ކުޅޭ ކުޅޭ ގައުމެއް ގޮތުގައި މި ގައުމު ބާއްވާކަށް ރައްޔިތުންނެއް ނޭދޭ. ގައުމު ހަމަ މަގަށް އެޅުވުމަށް މަގާމުތަކަށް އިންތިހާބުވެފައި އަދި އައްޔަނު ކުރެވިފައި ތިބި އެންމެން ވެސް އެބަ ޖެހޭ ގާނޫނާއި ގަވައިދުތައް ތަންފީޒުކުރަން. އެ ނޫން ގޮތަކަށް ރާއްޖެ ސަލާމަތެއް ނުކުރެވޭނެ،" އާޒިމް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން ގާނޫނާއި ގަވައިދުތައް ތަންފީޒު ކުރުމުގައި ކައުންސިލް ދެމި އޮންނާނެ ކަމުގެ ޔަގީންކަން އާޒިމް ވަނީ ދެއްވާފަ އެވެ. އަދި އާޒިމް ގޮވައިލެއްވީ ތަންފީޒީ އިދާރާތަކުން ވެސް އެގޮތަށް އަމަލުތައް ބެހެއްޓުމަށެވެ.

Advertisement

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ވަރަށް ރަނގަޅު ވާހަކަ ފުޅެއް.

9 months ago

މީ ފަހުގެ ތާރީހެއްގަ އިސްމަގާމެއްގަ ހުރި މީހަކު ބުނާނެ އެންމެ ރަނގަޅު ވާހަކަ. ހަމަ އަސްލައްވެސް “ގާނޫނު ތަންފީޒުކުރުމުގައި އިދާރާތައް ބަލިކަށިވެއްޖެ.” ތެދު ތެދަށް ބުނާނަމަ ސިޔާސީ ވަގުތީ މަންފާއަށް ބޮޑެތި ކަންކަމުގަ ވެސް އިމެއް ނެތި ދޫދެމުން ދެމުން ގޮސް މުއައްސަސާތަކުގެ ބާރުކަނޑުވާލީއެވެ. އަދަބެއް އަހުލާގެއް ނެތް މީހުން ސިޔާސީ ގޮތުން ބާރު ހުރި މަގާމުތަކަށް ލުމުން އޭގެ ނުރަގަނޅު ނަތީޖާވެސް އެބަ ފެނެއެވެ.