Advertisement

އީދު ދުވަހުގެ ހަވީރު މާލޭގައި ދުއްވާއެއްޗެހި ދުއްވުން މަނާކޮށްފި

14 ޖޫން 2024 - 11:23 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގެ މަގުމަތި. އީދު ދުވަހުގެ ހަވީރު މާލެ ސަރަހައްދުގައި ދުއްވާ އެއްޗެހި ދުއްވުން މަނާކުރީ އެދުވަހުގެ އުފަލުގައި އެންމެންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭން -- ފޮޓޯ: އަދަދު


އީދު ދުވަހުގެ ހަވީރު މާލޭގައި ދުއްވާއެއްޗެހި ދުއްވުން މަނާކޮށްފި

14 ޖޫން 2024 - 11:23 0

ބޮޑު އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލެ އާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގެ މަގުތަކުގައި ހާއްސަ ހުއްދައެއް ނެތި ދުއްވާ އެއްޗެހި ދުއްވުން މާލެ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.

އީދު ދުވަހުގެ ހަވީރު ހިނގާފައި އުޅޭ ވަގުތެއްގެ ގޮތުގައި ހަމަޖެއްސީ އިއްޔެ އޮތް މާލެ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 150 ވަނަ ބައްދަލުވުމުގަ އެވެ.

އިއްޔެގެ ޖަލްސާގައި ނިންމާފައި ވަނީ އީދު ދުވަހުގެ ހަވީރު މާލެ ސަރަހައްދުގެ މަގުމަތީގައި އެއްވެސް އުޅަނދެއް ދުއްވޭނީ މާލެ ސިޓީ ކައުންސިލުން ދޫކުރާ ހާއްސަ ހުއްދައެއް އޮންނަ ފަރާތްތަކަށް އެކަނި ކަމަށެވެ.

އެގޮތުން އީދު ދުވަހުގެ ހަވީރު މާލޭގެ މަގުތައް މަތީގައި ދުއްވާ އެއްޗެހި ދުއްވުމުގެ ހުއްދަ ދޫކުރާނީ މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތާ ބެހޭ ބައި (ތައިސޭ ކޮށި) އިން ކަމަށް ސިޓީ ކައުންސިލުން ފަހުން ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.

އީދު ދުވަހު ދުއްވާ އެއްޗެހި ދުއްވުމުގެ ހުއްދަ ދޫކުރާނީ މިއަދާއި މާދަމާ އެވެ. މިއަދު ހުއްދަ ދޫކުރާނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށެވެ.

މާދަމާ ހުއްދަ ދޫކުރުމަށް ނިންމާފައި ވަނީ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައި ވަނީ ކައުންސިލުގެ ނިންމުމާ ހިލާފަށް އެ ދުވަހު އަމަލު ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.